
ސަމޫހުގެ ހެޓްރިކާއެކު ތިނަދޫކައުންސިލް އިން އާރްއާރްސީގެ މައްޗަށް ކުރިހޯދައިފި
# ގދ.ތިނަދޫ# ގދ. ތިނަދޫ ކައުންސިލްGMG_5113
ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތް 2022 ގައި މިއަދު ހަވީރު ތިނަދޫ ކައުންސިލް އަދި އާރްއާރްސީ ބައްދަލުކުރި މެޗު 5-1 އިން ތިނަދޫ ކަައުންސިލް ކާމިޔާބުކޮށްފި އެވެ.

ތިނަދޫ އާރު އަވަށު ދަނޑުގައި މިއަދު ކުޅުނު މި މެޗުގެ ފުރަތަމަ މިނެޓުގައި ތިނަދޫ ކައުންސިލް އިން ވަނީ ގޯލެއް ޖަހައި ލީޑް ނަގާފައެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ޒައިދް ނައީމް އެވެ. މި ގޯލާއެކު އާރްއާރްސީ އިން ކުޅުން ވަރުގަދަ ކޮށް ވަނީ މީގެ 4 މިނުޓު ފަހުން ނަތީޖާއެއްވަރު ކޮށްފައެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ރަޝިދު އެވެ.
އާރުއާރުސީގެ ގޯލާއިއެކު ކައުންސިލް ޓީމުންވަނީ ކުޅުން ރަގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން ކައުންސިލް ޓީމުގެ އަލީ ސަމޫހު ހަސަން ވަނީ ހެޓްރިކްހަދާ މެޗުގެ ނަތީޖާ 1-4 އަށް ބަދަލުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުނިމިފައިވަނީ 1-4 އިން ތިނަދޫ ކައުންސިލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ވެސް ދެޓީމް ގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށްވެސް ވަނީ ގޯލް ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް ފަހުހާފް ނިމެން ކައިރިވެފައި ވަނިކޮށް ކައުންސިލްގެ ހިޒާމް އަހުމަދު ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ފަރަގު 1-5 އަށް ބޮޑުކޮށްފައެވެ.
މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ތިނަދޫ ކައުންސިލްގެ ޖާޒީ ނަންބަރު 9 އަލީ ސަމޫހް ހަސަން އެވެ.
މި މުބާރާތުގައި ތިނަދޫ ކައުންސިލް ދެން ބައްދަލުކުރާނީ ފެނަކައާއި އެވެ. އެމެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ރޭގަ އެވެ. ހަމަ އެރޭ އާރްއާރްސީ ބައްދަލުކުރާނީ ތިނަދޫ ޕޮލިސްއާއި އާއިއެވެ.
މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.
މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
