
މިނީ ބަހަށް އުނދަގޫވާ ގޮތަށް ޕާކްކޮށްފައި ހުރުމުން 70 ވެހިކަލް ޓޯކޮށް، 797 ސްޓިކާ ޖަހައިފި
# ފުލުހުން# ޓްރެފިކްl_2022_07_25_033300_mlbt3viq1zrwk6hpacegf5279yduxnj48os_EN_
މާލޭގައި މިނީބަސް ދުއްވާ މަގުތަކުގައި ބަހަށް އުނދަގޫވާ ގޮތަށް ޕާކުކޮށްފައި ހުރުމުން މިހާތަނަށް 70 ވެހިކަލް ޓޯކޮށް، 797 ވައިލޭޝަން ސްޓިކަރ ޖަހާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، 8 ސެޕްޓެމްބަރ އިން 17 ސެޕްޓެމްބަރ އާއި ހަމައަށް މިނީ ބަސް ރޫޓްގައި ޕާކްކުރުން މަނާކުރުމާއި ގުޅިގެން އެކަން ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 69 ސައިކަލާއި އެއް ކާރު ވަނީ ޓޯކޮށްފައެވެ.
އަދި ވައިލޭޝަން ސްޓިކާ 797 އުޅަނދެއްގައި ޖަހާފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ގެންދަނީ މިނީ ބަސް ދުއްވާ ރޫޓްގައި ޓްރެފިކް ބާރު ބޮޑުވާ ސަރަހައްދުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހަރަކާތްތެރިވަމުންނެވެ.
އަދި ބަސް ރޫޓަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖެހުމުގެ އިތުރުން ބަސް ދަތުރުތަކަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރަން ޖެހޭ ހާލަތުގައި ޓޯ ކުރަމުންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ގުޅުންހުރި

މިނިވަން ދުވަހާ ގުޅިގެން 2 ސަރަހައްދެއްގައި ހުރި އުޅަނދުތައް ނަގަން ފުލުހުން އަންގައިފި

މާލޭގެ ޓްރެފިކް ތޮށްޖެހުމުގެ މައްސަލަ އިންތިހާއަށް: ހައްލު ހޯދުމަށް ގިނަ ގޮންޖެހުންތަކެއް

ބަނގުރާ ގެންގުޅޭކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި




