logoEN
Sto top
މޫނަށް ހެރުނީ 3 ފޫޓުގެ ދަނގަޑެއް، އެތެރެހައްޓަށް ބޮޑެތި ޒަޚަމްތަކެއް

މޫނަށް ހެރުނީ 3 ފޫޓުގެ ދަނގަޑެއް، އެތެރެހައްޓަށް ބޮޑެތި ޒަޚަމްތަކެއް

އައިޝަތު އިފާޝާ

logo

9/18/2022, 2:30:32 PM

# އޭޑީކޭ ހޮސްޕިޓަލް

DSC_9597-scaled

ހަދަމުން އަންނަ އިމާރާތަކުން ދަގަނޑެއް ވެޓި ބިދޭސީއެއްގެ މޫނަށް ހެރުނީ 3 ފޫޓުގެ ދަގަނޑެއް ކަމަށާއި، ސާރޖަރީއަށްފަހު އެ ދަގަނޑު އޭނާގެ ހަށިގަނޑުން ނަގާފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

Wamco

އޭޑީކޭ ހޮސްޕިޓަލުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެެއްވާފައިވާ ގޮތުގައި، އެ ދަގަނޑުގެ ސަބަބުން އޭނާގެ އެތެރެހައްޓަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ވެފައިވާކަމަށެވެ. އަދި އެމީހާގެ ހަށިގަނޑުން ދަގަނޑު ނަގައި އޭނާގެ އެތެރެހައްޓަށް ލިބިފައިވާ ގެއްލުންތަކުގެ ތެރެއިން މިހާތަނަށް ދެނެގަނެވުނު ކަންތައްތަކަށް ފަރުވާދިނުމަށް ހަދަން ޖެހޭ ސަރޖަރީތައް މިހާރު ހަދާފައިވާ ކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން އެ ސާޖަރީތަކަށް 8 ގަޑި އިރު ހޭދަވި ކަމަށާއި، އޭގެ ފަހުން މިހާރު އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

އެމީހާ މޫނަށް ދަގަނޑު ވަނީ 7 ވަނަ ފަންގިފިލާއަށް ދަގަނޑުތައް އަރުވަނިކޮށް ދަގަނޑެއް ވެއްޓިގެންނެވެ. ހެންވޭރުގައި ހަދަމުން އަންނަ އިމާރާތުން ދަގަނޑެއް ވެއްޓި، ހިނގި މި ހާދިސާގައި ޒަޚަމްވީ އެ ސައިޓުގައި މަސައްކަތްކުރަމުން އަންނަ ބިދޭސީއެކެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި ނޭފަތާ ދިމާލުން ދަގަނޑު ވަދެފައި ހުރިއިރު ހަށިގަނޑުން ބޭރަށް ފެންނަން އިނީ އެ ދަގަނޑުގެ ކައިވަތެއްހާ ތަނެވެ.

އިމާރާތްކުރާ ސައިޓުތަކުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނަނީ، ސަލާމަތީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ނުކުރާތީކަމަށް ޢިމާރާތްކުރުމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. މީގެ ކުރިން ވެސް މާލޭގައި ކޮންސްޓްރަކްޝަން ސަރަހައްދުތަކުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގައި މީހުން މަރުވެސްވެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC