logoEN
Sto top
އޭޑީކޭ ހޮސްޕިޓަލުން ބ.އަތޮޅުގައި މެޑިކަލް ކޭމްޕެއް ފަށައިފި

އޭޑީކޭ ހޮސްޕިޓަލުން ބ.އަތޮޅުގައި މެޑިކަލް ކޭމްޕެއް ފަށައިފި

އަހުމަދު ޝުރާއު

logo

7/12/2025, 4:25:52 PM

# އޭޑީކޭ ހޮސްޕިޓަލް

-

އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ބ.އަތޮޅުގައި މެޑިކަލް ކޭމްޕެއް ފަށައިފިއެވެ.

Wamco

އޭޑީކޭ ހޮސްޕިޓަލާއި ބ.އަތޮޅު ކައުންސިލާއި އޭދަފުށި ކައުންސިލާއި، އެ އަތޮޅު ސިއްޙީ ޚިދުމަތްދޭ ތަންތަން ގުޅިގެން ބ.އަތޮޅުގައި މިއަދު ފެށި މެޑިކަލް ކޭމްޕްގައި ޑރ.އަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.

އަދި އެންމެ ބަލި މީހުންނަށް އިސްކަން ދިނުމަށް ޓަކައި އެޕޮއިންޓްމެންޓް ދިނުމުގެ ކުރިން ސްކްރީން ކުރެވޭނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މި މެޑިކަލް ކޭމްޕްގައި ފަރުވާ ދެވޭ ބަލިތަކުގެ ތެރޭގައި ނަފްސާނީ ބައްޔާއި، ފުއްޕާމޭގެ ބަލި، ހަކުރު ބަލި، ހޯމޯންސް، ތައިރޮއިޑް ބައްޔާއި އާއްމު ބަލިތަކުގެ އިތުރުން ކުޑަކުދިންގެ ޞިއްޙަތަށް ހޭލުންތެރިކުރުމުގެ ސެޝަންތަކާއި ކޮންސަލްޓޭޝަންސް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަދި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އޭޑީކޭ ސިނާޖީއިން އިސްނަގައިގެން އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ގޮތުން ބ. އަތޮޅުގައި މެޑިކަލް ކޭމްޕެއް މިއަދު ފަށާފައިވާއިރު، ސިއްޙީގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ފަހަކަށް އައިސް މިފަދަ މެޑިކަލް ކޭޕްތައް ރަށްރަށުގައި ކުރިއަށް ގެންދައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC