logoEN
Sto top
ޔޫއޭއީން އިސްރާއީލާ ގުޅުން ބަދަހިކުރަނީ

ޔޫއޭއީން އިސްރާއީލާ ގުޅުން ބަދަހިކުރަނީ

އައިޝަތު އިފާޝާ

logo

9/17/2022, 4:00:06 PM

# ޔަހޫދީ އިސްރާއީލް# ޔޫއޭއީ

AP20245395674438 copy

އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)ގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާން އިސްރާޢީލަށް ވަޑައިގަންނަވައިފިއެވެ. މިއީ، ދެ ޤައުމުގެ ދެމެދުގައި ގުޅުން ޤާއިމު ކުރުމަށް މީގެ ދެ އަހަރު ކުރިން އެއްބަސްވި ފަހުން ޝައިޚް ޢަބްދުالله އިސްރާޢީލަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

Wamco

މި ދަތުރުފުޅުގައި އޭނާ އިސްރާޢީލުގެ ބޮޑުވަޒީރު ޔައިރު ލަޕިދުގެ އިތުރުން އެ ޤައުމުގެ ޚާރިޖީ ވަޒީރާއި، ސަރުކާރުގެ އެހެން އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެވެ.

ޔޫ.އޭ.އީ.އިން އިސްރާޢީލާ ގުޅުން ބަދަހި ކުރަން އެއްބަސްވެފައި ވަނީ އެމެރިކާއިން އިސްވެ އޮވެ އެކުލަވައިލި އަބްރަހަމް އެއްބަސްވުމުގެ ދަށުން 2020 ވަނަ އަހަރު ސެޕްޓެންބަރު މަހުއެވެ. އެ އެއްބަސްވުމުގެ ދަށުން ޔޫ.އޭ.އީ.ގެ އިތުރުން ބަޙުރައިނާއި މަޣުރިބުކަރައިން ވެސް ވަނީ އިސްރާޢީލާ ގުޅުން ޤާއިމު ކޮށްފައެވެ.

މާރިޗު މަހު ވެސް ޝައިޚް ޢަބްދުالله ވަނީ އިސްރާޢީލަށް ދަތުރުފުޅެއް ކުރައްވާފައެވެ. އަދި، އެމެރިކާއާއި އިސްރާޢީލާއި ބަޙުރައިނާއި މަޣުރިބުކަރައިގެ އިސްވެރިންނާ އެކު ބައްދަލުވުމެއް ބާއްވަވާފައެވެ. މޭ މަހުގެ ތެރޭގައި އިސްރާޢީލާއި ޔޫ.އޭ.އީ.އާ ދެމެދު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުމެއް ދަށުން ދެ ޤައުމުގެ ދެމެދުގައި ވިއްކާ 96 އިންސައްތަ މުދަލުގެ ޑިޔުޓީ ވަނީ މަޢާފުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC