
މިއަދުގެ ޚުޠުބާގައި އިރުމައްޗާއި ހުޅަނގުގެ ގައުމުތައް ނަމޫނާއަކަށް ބެލުމަށް އޮތުމުން ފާޑުކިޔުން
# ޚުޠުބާ92542_583668e3-1_
މިއަދުގެ ހުކުރު ޚުޠުބާގައި އިރުމައްޗާއި ހުޅަނގުގެ ގައުމުތަކުގެ މީހުންގެ މަޝްވަރާއާއި އެމީހުން ގައުމުތައް ތަރައްގީކުރި ގޮތުގެ މިސާލު ނަންގަވަން އޮތުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

މިކަމާއި ގުޅިގެން ދީނީ އިލްމުވެރިން ދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މުސްލިމުންނަށް ކިޔާ ޚުތުބާގައި އިރުމައްޗާއި ހުޅަނގުގެ މީހުންގެ މަޝްވަރާއާއި އެމީހުން ގައުމުތައް ތަރައްގީ ކުރީ ރީތި ނަމޫނާއިން ކަމަށް ބުނެފައިވާތީ އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމުގައި ވިދާޅުވަމުންނެވެ.
ދެބަސްވުމުގެ އަދަބުތަކާއި ގުޅޭގޮތުން މިއަދު ގެނެސްފައިވާ ހުކުރު ޚުޠުބާގައިވަނީ، އިރުމަތީގައްޔާއި، ހުޅަނގުގައިވާ ގައުމުތަކުގެ މުޖުތަމައުތަކުގައިވެސް އެކަކު އަނެކަކުގެ މެދުގައި ޚިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް ގިނަވީ ނަމަވެސް އެމީހުންގެ ޚިޔާލު ތަފާތުވުން ހެދީ ގައުމު ބިނާކުރުމަށް ބޭނުންވާ ފިކުރާއި ވިސްނުން ހޯދުމަށް ކަމަށް ބަޔާންކޮށްފައެވެ.
އެހެން ކަމުން އެފަދަ ގޮތަކަށް މެދުއިރުމައްޗާއި ހުޅަނގުގައިވާ ގައުމުތަކުގެ މިސާލުތައް ނަންގަވައި އިސްލާމީ މުޖުތަމަޢުއަކަށް ފޯރުކޮށްދޭން މަސައްކަތް ކުރުމަކީ ލާދީނީ ފިކުރު ދިވެހިރާއްޖޭގައި ފެތުރުމުގެ އަމަލެއް ކަމަށް ގިނަ ދީނީ އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.
"މިއަދުގެ ހުކުރު ހުތުބާގައި ރައްޔިތުންނަށް އޮޅޭގޮތަށް، އިސްލާމްދީނުގެ ސައްހަ އަގީދާއާއި ހިލާފު، ހުޅަނގުގެ ސެކިއުލަރ ލާދީނީ ފަލްސަފާގެ: ގައުމިއްޔަތު ވިސްނުން، އިސްލާމީ އަގީދާއަށްވުރެ / ޝަރީއަތަށްވުރެ އިސްކޮށް، ކޯއެގްޒިސްޓެންސްއާއި ޓޮލަރެންސްގެ ވިސްނުން (ކޮންމެފަދަ ބާތިލު ވިސްނުމެއް ފިކުރެއް ވިޔަސް އެޔާއި ދެކޮޅު ނުހަދައި ދެބަސްނުވެ އެކުގައި އުޅުމުގެ ވިސްނުން) ފެތުރުމަށް ވަރަށް ފާޅުގައި ވަނީ ގޮވާލާފައެވެ." ޝެއިޚް ނިޝާން އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓާއި ޓްވިޓާ އެކައުންޓް މެދުވެރިކޮށް އާއްމުކުރި ޕޯސްޓެއްގައި ވެއެވެ.
ގުޅުންހުރި

ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ ކަންތައްތަކަށް މަސްއޫލުވާން ޖެހޭ މީހެއް - ޚުޠުބާ

ނަމާދަކީ ހިތަށް ހަމަޖެހުން ލިބި، ކަންބޮޑުވުމާއި ހާސްވުމުން ސަލާމަތްކޮށްދޭ އަޅުކަމެއް - ޚުޠުބާ

އަހަރެމެންނަކީ ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައިޖެހި އާޚިރަތް ހަނދުމަނެތިކުރާ ބަޔަކަށް ވެގެން ނުވާނެ - ޚުޠުބާ
