logoEN
WAMCO TOP 1
345 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލް ކުރަން ޖެހިދާނެ ކަމަށް އދ އިން ބުނެފި

345 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލް ކުރަން ޖެހިދާނެ ކަމަށް އދ އިން ބުނެފި

އައިޝަތު އިފާޝާ

logo

9/16/2022, 7:40:11 PM

# އދ.# ކާބޯތަކެތި

6208fe3f97564699bc1719bdd090fabb_18 copy

އެކި ސަބަބަބުތަކާހުރެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކުރިމަތިލާންޖެހިފައިވާއިރު، އެކަމުގެ ސަބަބުން ދުނިޔޭގެ އާބާދީގެ ތެރެރެިން 345 މިލިއަން މީހުން ބަނޑުހައި ހޫނުކަން ތަހައްމަލުކުރަން ޖެހިދާނެ ކަމަށް އދ.އިން ބުނެފިއެވެ.

THE TRAVELLER AD

އދގެ ވޯލްޑް ފުޑް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑޭވިޑް ބީސްލީ، އދގެ ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެއޭޖެންސީއިން މަސައްކަތްކުރަމުންދާ 82 ގައުމެއްގައި 345 މިލިއަނަށްވުރެ ގިނަ މީހުނަށް ކާބޯތަކެތި ލިބުމުގެ ދަތިކަން ހުރި ކަމަށާއި، އެކަމުގެ ސަބަބުން ބަނޑޫހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ ކަމަށެވެ.

އަދި ރަޝިޔާއިން ޔޫކްރެއިންއަށް އަރައި ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން، ކާބޯތަކެއްޗާއި، ތެލާއި، ތަރުކާރީގެ އަގުތައް އިންތިހާއަށް އުފުލުމުގެ ސަބަބުން އެކަމުގެ އަސަރު 70 މިލިއަން މީހުންނަށް ކޮށްފައިވާ ކަމަށްވެސް ބީސްލީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކާބޯތަކެތީގެ ނުތަނަވަސްކަން އިންތިހާއަށް ފުޅާވެ އިތުރުވެގެން ދިއުމަކީ، ހަނގުރާމައާއި އެހެނިހެން ގޮތްގޮތުން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، ގިނަ ބަޔަކު މަރުވުމާއި، މީހުން ޒަޚަމްވެ، އާއިލާތަކުން ކާބޯތަކެއްޗާއި އާމްދަނީ ހޯދުމަށް އަމިއްލަ ބިންތަކުން ފިލަން ބާރުއެޅުމުގެ ނަތީއްޖާއެއް ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC