logoEN
Sto top
ޕީއެންސީ ޓިކެޓުގައި ވާދަކުރާ މާލެ ސިޓީގެ ކެންޑިޑޭޓުން، ދޮރުން ދޮރަށް ހަރަކާތް ރަސްމީކޮށް ފަށައިފި

ޕީއެންސީ ޓިކެޓުގައި ވާދަކުރާ މާލެ ސިޓީގެ ކެންޑިޑޭޓުން، ދޮރުން ދޮރަށް ހަރަކާތް ރަސްމީކޮށް ފަށައިފި

# ލޯކަލް ކައުންސިލްތައް# ރައީސް މުއިއްޒު# މާލެ ސީޓީ މޭޔަރު# ޑަބްލިއުޑީސީ

ފޮޓޯ: ގާފު އޮންލައިން

ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާ މާލެ ސިޓީގެ ކެންޑިޑޭޓުން، ދޮރުން ދޮރަށް ހަރަކާތް ރަސްމީކޮށް ފަށައިފިއެވެ.

Wamco

މި ހަރަކާތް ފެށީ ޕީއެންސީގެ މައި ހަރުގޭގައެވެ.

މި ހަރަކާތް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހް ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 04ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގައި ވާދަކުރައްވާ މޭޔަރާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ އަދި މުޅި ޖުމްލަ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕާޓީގެ ރައީސް އާއި ލީޑަރޝިޕްގެ ނަމުގަ މަރުހަބާ ދަންނަވާފައެވެ.

ފަލާހް ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވަރަށް ގިނަ ކެންޑިޑޭޓުން ވާދަކުރައްވާކަންވެސް ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕީއެންސީގެ މެމްބަރުން އެބަ ވާދަކުރޭ. އެހެންކަމުން މިއަދު އަޅުގަނޑުމެން މި ފަށާ ދޮރުން ދޮރަށް ހަރަކާތައް ފަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައިވެސް ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ބާރަށް ކުރިއަށް ޑޯ ޓު ޑޯ ހަރަތާތް ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދިޔުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން. ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހް

ޕީއެންސީއަކީ ސަރުކާރުވެސް ނިސްބަތްވާ ޕާޓީ ކަމަށާއި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަކީ ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމައަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވާ ހަމައެކަނި ރައީސް ކަމަށް ފަލާހް ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންނާ އެންމެ ގާތުން އަދި ކައުންސިލްތަކާ އެންމެ ގާތުން މަސައްކަތް ކުރައްވަނީ އަދުގެ ސަރުކާރުންކަން ފަލާހް ފާހަގަކުރެއްވިއެވެ.

މިއަދު ފަށާ ދޮރުން ދޮރަށް ހަރަކާތުގައިވެސް އާންމު ރައްޔިތުން ގާތަށްގޮސް އެ ރައްޔިތުން ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބެއްލެވުމަށް ފަލާހް ވަނީ ކެންޑިޑޭޓުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މާލެ ސިޓީގެ މޭޔަރުކަމުގައި ރައީސް ކުރެއްވި ހިދުމަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ފަލާހް ވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު، މާލެ ސިޓީގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ރަނުން ރަނަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

އަދި މޫސާ އަލީ ޖަލީލް އަކީ މާލޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގަ ނަމޫނާ ދައްކާވާނެ ބޭފުޅެއް ކަމަށާއި މަސައްކަތް ކުރައްވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކުގައި ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC