
ali-zaid-e1605634988175
މީހެއްގެ މައްސަލަ ޝަރީއަތަށް ހުށައެޅުމަށްފަހު އެމައްސަލައެއްގައި އަޅަންޖެހޭ ފިޔަވަޅު އަޅަންވާނެ ކަމަށައި، ތައުބާވުމަކީ ފިޔަވަޅު އެޅުން މަނާކުރާ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވެފައި މިވަނީ، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެ، ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރަށް މިއަދު ހުކުމް ކޮށްފައި ވަނިކޮށެވެ. ނާޒިމް ސައްތާރު ވަނީ ކުށަށް އިއުތިރާފްވެ، ތައުބާވާ ކަމަށް ބުނެ ދިވެހިންގެ ކިބައިން މާފަށް އެދިފައެވެ.
އަދި މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާތީ އޭނާ ތިން މަހާއި 26 ދުވަހަށް އޭނާ ގޭ ބަންދު ކުރުމަށް ހުކުމް ކޮށްފައެވެ.
މިކަމާއި ގުޅިގެން ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އިސްލާމްދީނުގައި ކުށުން ތައުބާވުމަކީ ވަރަށް މުހިިންމު ކަމެއް ކަމަށާއި، އިޚްލާސްތެރި ތައުބާވާ ކޮންމެ އަޅެއްގެ ތައުބާވެސް މާތް ﷲ ގަބޫލުކުރައްވާނެ ކަމަށެވެ.
އެހެން ނަމަވެސް މީހެއްގެ މައްސަލަ ޝަރީއަތަށް ހުށައެޅުމަށްފަހު އެމައްސަލައެއްގައި އަޅަންޖެހޭ ފިޔަވަޅު އަޅަންވާނެ ކަމަށާއި ތައުބާވުމަކީ އެކަން މަނާކުރާކަމެއް ނޫން ކަމަށް ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ގުޅުންހުރި

ފަރުވާއަށް ނުގެންދިއުމަކީ އިހުމާލެއް، މަރުވި ސަބަބު ސާފުކޮށް އެނގެން އޮއްވާ މައްޔިތާ ކޮށާކަށް ނުޖެހޭ - ޒައިދު

ދީންް އޮންނަން ޖެހޭނީ ހަމައެކަނި މިސްކިތު ތެރޭ ކަމަށް ގަބޫލުކުރުމަކީ އިސްލާމީ ވިސްނުމެއް ނޫން - ޒައިދު

ގަހެއް ކަނޑާތީ ކަންބޮޑުވެ ދެލޮލަށް ނިދި ނައިސްގެން އުޅޭ މީހުންނަށް ލިވާތުގެ އަދަބު މައްސަލައަކަށް ނުވޭ - ޒައިދު
