logoEN
cocacola
ހެއްކާ ބެހޭ ގާނޫނު އަލުން އިސްލާހު ކުރަން ރައީސް ނިންމެވި ނިންމުމަކަށް އެމްއެމްސީގެ މަރުހަބާ!

ހެއްކާ ބެހޭ ގާނޫނު އަލުން އިސްލާހު ކުރަން ރައީސް ނިންމެވި ނިންމުމަކަށް އެމްއެމްސީގެ މަރުހަބާ!

އަހުމަދު ޝުރާއު

logo

9/15/2022, 1:42:09 PM

# މޯލްޑިވްސް މީޑިއާ ކައުންސިލް# ހެއްކާ ބެހޭ ބިލް

5ORSELFY6qnUAfpc245xYJC1RNlBoiHinVLGalU5

ރައްޔިތުންގެ މަޖިލީހުގައި ފާސްކޮށް ތަސްދީގުކޮށްފައިވާ ހެއްކާ ބެހޭ ގާނޫނު އަލުން އިސްލާހު ކުރަން ނިންމަވާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ އިއުލާނުކުރެއްވުމާއި ގުޅިގެން ރައީސްގެ އެނިންމެވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މަރުހަބާ ކިޔައިފިއެވެ.

ގޮސިޔާ

ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރަން ނިންމާފައިވާކަން ރައީސް ސޯލިހް އިއުލާނުކުރެއްވީ ރޭ ބޭއްވި "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް" ހަފްލާ ޝަރަފްވެރިކޮށް ދެއްވައި ދެއްކެވި ފާހަކަފުޅުގައި އެވެ.

މީޑިއާ ކައުންސިލްއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ހެއްކާ ބެހޭ ގާނޫނު މިހާރު އޮތް ގޮތުން މަސްދަރު ހާމަކުރަން މަޖުބޫރުވާ ކަމަށާއި އަދި އޭގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށާއި އެހެންކަމުން މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރަން ރާއްޖޭގެ ހުރިހާ މުއައްސަސާއެއްގައި އެދިފައި ވާނެ ކަމަށެވެ.

އެގޮތަށް އެދިފައިވަނިކޮށް ރޭ ރައީސް ސޯލިހްގެ ވާހަކަފުޅުގައި ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރަން ނިންމާފައިވާކަން އިއުލާނުކުރެއްވުމާއި ގުޅިގެން އެނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށް އެމްއެމްސީގެ ބަޔާނުގައިވެއެވެ.

މީޑިއާ ކައުންސިލްއިން ބުނީ އެ ކައުންސިލްގެ މައިގަނޑު މަސައްކަތަކީ މީޑިއާގެ މިނިވަންކަން ގާނޫނު ތަންދޭ ގޮތުގެ މަތީން ވީހާވެސް ފުޅާ ދާއިރާއެއްގައި އެކަށަ އަޅައި އާލާކޮށް ދެމެހެއްޓުމަށް ޓަކައި ޒިންމާދާރުކޮށް ހަރަކާތްތެރިވާ މީޑިއާއެއް ގާއިމުކުރުން ކަމަށެވެ.

ހެއްކާ ބެހޭ ޤާނޫނާއި ދެކޮޅަށް ނޫސްވެރިންވަނީ ވަރަށް ބޮޑަށް އަޑުއުފުލާފައި އެވެ. އަދި މަޖިލިސް ބޭރުގައި މުޒާހަރާވެސް ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ