logoEN
cocacola
ކޮވިޑް-19 ގެ ބަލިމަޑުކަން ނިމުމަކަށް އަންނަ މަންޒަރު ފެންނަން ފަށައިފި - ސިއްހަތު ޖަމިއްޔާ

ކޮވިޑް-19 ގެ ބަލިމަޑުކަން ނިމުމަކަށް އަންނަ މަންޒަރު ފެންނަން ފަށައިފި - ސިއްހަތު ޖަމިއްޔާ

އަހުމަދު ޝުރާއު

logo

9/14/2022, 9:16:35 PM

# ޑަބްލިއުއެޗްއޯ

who-covid-deaths-dropped-by-21-last-week-but-cases-rising

ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އާދަޔާ ހިލާފަށް ދަށަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ގޮސިޔާ

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް ވިދާޅުވީ، 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެތައް މިލިއަން ބަޔަކު މަރުވެފައިވާ މި ބަލީގެ އާ ކޭސްތައް މިދިޔަ ހަފްތާގައި ވަނީ 2020 ވަނަ އަހަރުގެ މާޗަށްފަހު އެންމެ ދަށް ދަރަޖައަށް ވެއްޓިފައި ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް މިއަށްވުރެ ރަނގަޅު ހާލަތެއް ނާންނާނެ ކަމަށާއި މި ބަލިމަޑުކަމުން އެއްކޮށް ސަލާމަތްވުމަށް ކުޑަ ހިތްވަރެއް އަދި ކޮށްލަން ޖެހޭ ކަމަށެވެ. އަދި އައު ނަމްބަރުތަކުން މި ބަލިމަޑުކަން ނިމުމަކަށް އަންނަ މަންޒަރު ފެނިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވަނީ މިއީ ސީދާ ނިމުން ކަމަށް ނުބަލާ މި ބަލި އަދިވެސް އަންޑަރއެސްޓިމޭޓް ނުކުރުމަށް ޤައުމުތަކަށް ގޮވާލައްވާފައެވެ. އަދި އަދަދުތަށް އެއްކޮށް ސުމަކަށް ދިޔުމަށް މިއަދުގެ އަދަދުތަކަކީ ވަރަށް ބޮޑު ރޯލެއް އަދާކުރާނެ ކަމެއް ކަމަށާއި ފުރުސަތުގެ ބޭނުންހިފައި މިބަލިމަޑުކަމުން އެއްކޮށް އަރައިގަތުމަށް އަދިވެސް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާފައެވެ.

ޑަބްލިއުއެޗްއޯއިން އެންމެ ފަހުން ނެރުނު ކޮވިޑް-19ގެ އެޕިޑެމިއޮލޮޖިކަލް ރިޕޯޓުގައިވާ ގޮތުން، ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ނިމުނު ހަފްތާގެ ތެރޭގައި، ބަލި ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 28 ޕަސެންޓް ދަށަށް ގޮސް، 3.1 މިލިއަނަށް ވެއްޓުނީ، އޭގެ ހަފުތާއެއް ކުރިން 12 ޕަސެންޓުގައި އޮތުމަށްފަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ