logoEN
Sto top
ރަތަފަންދޫ ހިމެނޭހެން 5 ރަށެއްގެ އައިސްޕްލާންޓުގެ މަސައްކަތް އަންނަމަހު ބަޔަކާ ޙަވާލުކުރެވޭނެ - ފިޝަރީޒް

ރަތަފަންދޫ ހިމެނޭހެން 5 ރަށެއްގެ އައިސްޕްލާންޓުގެ މަސައްކަތް އަންނަމަހު ބަޔަކާ ޙަވާލުކުރެވޭނެ - ފިޝަރީޒް

އަހުމަދު ޝުރާއު

logo

9/14/2022, 8:09:46 PM

# އައިސް ޕްލާންޓު# ފިޝަރީޒް މިނިސްޓްރީ# ގދ.ރަތަފަންދޫ

l_165229660941FqTa

ސަޢުދީ ފަންޑުގެ އެހީގައި ތަރައްޤީކުރާ 5 އައިސްޕްލާންޓުގެ މަސައްކަތް ބަޔަކާ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއާއި ހަވާލާދީ ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ރިޕޯޓްކޮށްފި އެވެ.

Wamco

5 އައިސްޕްލާންޓު ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް، 2 ފަހަރެއްގެ މަތިން އިޢުލާންކުރުމުންވެސް އެކަށީގެންވާ މިންވަރަކަށް ތަރުހީބު ނުލިބުމުން މިހާރު މިނިސްޓްރީއިން ވަނީ ބަޔަކާއި އެކު މަޝްވަރާކޮށް، އެފަރާތްތަކުން މިމަހުގެ ސެޕްޓެމްބަރުމަހުގެ 18ވަނަ ދުވަހުގެ ކުރިން ބިޑު ހުށަހެޅުމުގެ ފުރުސަތު ދީފައި އެވެ. އޭގެ ތެރޭގައި ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

ސައުދީ ފަންޑުގެ އެހީގައި އައިސްޕްލާންޓުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، ހއ.ދިއްދޫ އއ.ރަސްދޫ ، ދ.މީދޫ ،ލ.މާމެންދޫ އަދި ގދ.ރަތަފަންދޫގައެވެ. މި ރަށްތަކުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 25 ޓަނުގެ އައިސްޕްލާންޓެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސްލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު އެކަނިވެސް ސަރުކާރުން ވަނީ 4 އައިސްޕްލާންޓެއް ހުޅުވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside