
-
ތ.ވޭމަންޑޫ ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ބުނީ ވޭމަންދޫ ދެކުނުން 5 މޭލު ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ވަދު ކަނދުފަތީގެ ނަމްބަރަކީ L09V02 އެވެ. އަދި މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ2 ° 6.700’ E އަދި 73 ° 5.700 N އެވެ.
މިނިސްޓްރީން ބުނީ މި ކަނދުފަތި ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުން ކަމަށެވެ. މާފަރު މަސްވެރިންނަށް އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލްވާ ފަރާތްތަކަށް، ފާހަގަކުރެވޭ ފަދަ ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
އެމިނިސްޓްރީން އިތުރަށް ބުނީ މިކަމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެއް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، މަސްވެރިންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ގުޅުންހުރި

ގައުމީ މަސްވެރިކަމުގެ އިންވެންޓްރީ އެކުލަވައިލުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

އާރު.އެސް.ޑަބްލިޔު އަށް ފައިނޭންސް ކުރުމާ ގުޅޭ މަޢުލޫމާތު ސެޝަން އައްޑޫގައި ކުރިއަށްގެންގޮސްފި

ހއ.ހަތިފުށީ ބޭރުގައި ދޮށީ ކަނދުފަތި ޤާއިމްކޮށްފި

.gif&w=3840&q=75)



