logoEN
cocacola
ޝީ ޖިންޕިންގ ޕުޓިންގ އާއި ބައްދަލުކުރައްވަނީ

ޝީ ޖިންޕިންގ ޕުޓިންގ އާއި ބައްދަލުކުރައްވަނީ

އަހުމަދު ޝުރާއު

logo

9/14/2022, 2:28:54 PM

# ޗައިނާ - ރަޝިއާ

f830b769-65a0-4699-9297-ef0c863057ee

ޗައިނާގެ ލީޑަރު ޝީ ޖިންޕިން މެދު އޭޝިޔާ އަށް ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ގޮސިޔާ

މި ދަތުރުފުޅުގައި ޝީ ކަޒަކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް މާދަމާ ކުރައްވާނެއެވެ. އަދި އެއަށްފަހު އަވަށްޓެރި އުޒްބެކިސްތާނުގައި ބާއްވާ ސަރަހައްދީ ސަމިޓަކަށްވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައިއެވެ.

މި ސަމިޓުގައި ޔޫކްރެއިން- ރަޝިޔާ ހަނގުރާމަ ފެއްޓުނު ފަހުން ފުރަތަމަ ފަހަރަށް ޝީ ޖިންޕިންގ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލު ކުރައްވާނެ އެވެ.

މި ބައްދަލުވުމުގެ ސަބަބުން ޔޫކްރެއިންގައި ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ޕޫޓިންއަށް ޑިޕްލޮމެޓިކް ގޮތުން ތާއީދު އޮތްކަން ހާމަވެގެންދާނެއެވެ.

މި ބައްދަލުވުން ކުރިއަށްދާނީ އިންޑިއާއިން އީރާނަށް ޤައުމުތައް އެއްގަލަކަށް އަރުވައި، ޗައިނާ އިސްވެ އޮވެ އުފައްދާފައިވާ ސަލާމަތީ އަދި އިޤްތިޞާދީ ޖަމާޢަތެއްކަމަށްވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ)ގެ ސަމިޓްގެ ހަވާސާގައެވެ.

މި ދަތުރުފުޅަކީ ޝީއަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ