logoEN
cocacola
ޕުޓިން ޗައިނާއަށް ވަޑައިގަންނަވަނީ

ޕުޓިން ޗައިނާއަށް ވަޑައިގަންނަވަނީ

އަހުމަދު ޝުރާއު

logo

5/14/2024, 11:37:56 AM

# ޗައިނާ - ރަޝިއާ

ދެގައުމުގެ ލީޑަރުން

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން މި ހަފުތާގައި ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ދެ ގައުމުން ވެސް ބުނެފި އެވެ.

ގޮސިޔާ

ދެގައުމުގެ ސަރުކާރުންވެސް ހާމަކުރި ގޮތުގައި ޕުޓިން ޗައިނާއަށް ވަޑައިގަންނަވަނީ މިމަހުގެ 16 އިން 17 އަށެވެ.

"ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ލަޑިމިއާ ޕޫޓިން އައު ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރައްވާ ފުރަތަމަ ބޭރު ދަތުރުފުޅުގެ ގޮތުގައި މި މަހުގެ 16-17 އަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ،" ރަޝިއާއިން އިން އަންގާރަ ދުވަހު ބުނެފައިވެ އެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ހުއާ ޗުންޔިންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތަކާއި، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ކަންކަމުގައި އެއްމަސްލަޙަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މި ދަތުރުފުޅުގައި ދެގައުމުގެ ލީޑަރުން މަޝްވަރާކުރައްވާނެ އެވެ.

މިއީ ޔޫކްރެއިންގައި ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން ރަޝިއާގެ އިގްތިސާދީ ލައިފްލައިނެއް ކަމަށްވާ ޗައިނާއަށް ހަ މަހެއްހާ ދުވަހުގެ ތެރޭގައި ޕޫޓިން ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

ރަޝިޔާއާ އެކު އޮންނަ ގުޅުމާ މެދު ހުޅަނގުގެ ފާޑުކިޔުންތައް ޗައިނާއިން ދޮގުކުރި ނަމަވެސް، އެ ގައުމުތަކުގެ އިގްތިސާދީ ބައިވެރިވުމާއި އަސްކަރީ އެއްބާރުލުން ހުޅަނގުގެ ގައުމުތަކުގައި ދަނީ އިތުރުވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ