logoEN
Sto top
ގައުމުގެ ޒައްރެއްގެ މިންވަރުވެސް ބޭރު ގައުމަކަށް ރައީސް ދޫކޮށްނުލައްވާނެ - މާރިޔާ

ގައުމުގެ ޒައްރެއްގެ މިންވަރުވެސް ބޭރު ގައުމަކަށް ރައީސް ދޫކޮށްނުލައްވާނެ - މާރިޔާ

އައިޝަތު އިފާޝާ

logo

9/14/2022, 9:15:44 AM

# ޑިފެންސް މިނިސްޓަރ# ދިވެހި ސިފައިން# މާރިޔާ އަޙްމަދު ދީދީ

FckZOvWacAE5VzL

ދިވެހިރާއްޖޭގެ ޒަޢާމަތުގައިހުންނެވީ، ދިވެހިރާއްޖޭގެ ސަރަޙައްދުން ޒައްރެއްގެ މިންވަރުވެސް ބޭރު ޤައުމަކަށް ދޫކޮށްލައްވާނެ ވެރިއެއްނޫންކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Wamco

އެކަމަނާ މިހެން ވިދާޅުވީ، ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހިން ކުރިމަތިލައިގެން މިތިބީ ވަރަށް ތަފާތު އިޤްތިޞާދީ، އިޖްތިމާޢީ، އަދި ސަލާމަތީ ޙާލަތަކާއިކަމަށެވެ.

ދުނިޔޭގެވެސް އަދި ދިވެހިރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދުގެވެސް އިސްތިރާޖީ އަދި ސަލާމަތީ މަސްރަޙު ވަނީ އިހުނަށްވުރެ ހަލަބޮލިވެފައިކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، ޔުނިޕޯލަރ ނިޒާމަކުން މަލްޓިޕޯލަރ ނިޒާމަކަށް ދުނިޔޭގެ ބާރުތައް ބަދަލުވެފައިވާއިރު، ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ވާދަވެރިކަމުގެ އަސަރުތައް ކުދި ޤައުމުތަކަށްވެސް ދަނީ ކުރަމުންކަމަށެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާ ބިނާކޮށް، ކުރިއެރުވުމަކީ މުހިންމު އަދި ރޭވުންތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ތަފާތު ގޮންޖެހުންތަކަށް ރިޢާޔަތްކުރައްވާ، ދިފާޢީ އަދި ސަލާމަތީ ސިޔާސަތުތައް އެކުލަވާލައްވާ، އެ ސިޔާސަތުތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ދިފާޢީ އަދި ސަލާމަތީ ނިޒާމުތަކާއި އިންތިޒާމްތައް ބައްޓަން ކުރެއްވުންކަމަށެވެ.

ދިވެހިރާއްޖޭގެ ދިފާޢާއި ސަލާމަތަށް ހުރި ބޮޑެތި ގޮންޖެހުންތަކަށް ބަލާއިރު، ޓެރަރިޒަމް އާއި ހަރުކަށި ފިކުރުގެ ނުރައްކާއާއި، ޑްރަގްގެ ވިޔަފާރިއާއި، މޫސުމީ ބަދަލުގެ ސަބަބުން ދިފާޢާއި ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ޤަވާޢިދާޚިލާފަށް ދިވެހި މަސްކަނޑުތަކުން މަސްވެރިކަންކުރުމާއި، ކަނޑުގެ ވެއްޓަށް ތެޔޮއެޅުން ފަދަ މެރިޓައިމް ޕޮލިއުޝަން އާއި، މެރިޓައިމް އެކްސިޑެންޓް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޗައިނާ، އިންޑިއާ އަދި މިނޫންވެސް ބޮޑެތި ޤައުމުތަކުގެ ވާދަވެރިކަން އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އިތުރުވީ ވަރަކަށް އޭގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައްވެސް އިތުރުވަމުންދާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside