logoEN
Sto top
ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވެ އަނދަނީ

ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވެ އަނދަނީ

އަހުމަދު ޝުރާއު

logo

8/11/2025, 6:56:08 AM

# ދިވެހި ސިފައިން

-

އދ އަތޮޅުގެ އެންއެޗް މޯލްޑިވްސް ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވެ އަނދަމުން އަންނަ ކަމަށް ސިފައިން ބުނެފި އެވެ.

Wamco

ސިފައިން މިއަދު ބުނީ ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

އަދި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރު ކަމަށާއި، ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައިވަނީ 11:05 ހާއިރު ކަމަށް ސިފައިން ބުނެއެވެ.

ސިފައިން އިތުރަށް ބުނީ މި ވަގުތު އެ ރިސޯޓުގެ ފަޔަރ ޓީމެއް އަލިފާން ނިއްވުމުގެ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަލިފާނުގެ ހާދިސާގައި ރޯވި ވޯޓާ ވިލާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC