
FcYCTJ-aUAANdBL
ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި އާސަންދަ ކުންފުންޏާއި ވިލާ އެއާ ޕްރައިވެޓް ލިމިޓެޑުން ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ސަބަބުން އާސަންދަ ސްކީމްގެ ދަށުން ދޭންޖެހޭ ހިދުމަތްތަކަށް، ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ވިލާ އެއާ އިން އާސަންދަ ކުންފުންޏަށް ދޭނެ އެވެ.

މިއެއްބަސްވުމުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގެވެ. ވިލާ އެއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދެވެ.
ކުއްލި ހާލަތުގައި ބަލިމީހުން ވައިގެ މަގުން ގެންދިއުމުގައި މި އެއްބަސްވުމުގެ ސަބަބުން އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން އާސަންދަ ކުންފުނިން ފާހަގަ ކުރެއެވެ. މީގެއިތުރުންވެސް ވިލާ އެއާގެ ފްލައިޓްތައް ދަތުރުކުރާ އެއާޕޯޓްތައް ހުންނަ ރަށްރަށުގެ ރައްޔިތުންނާއި އެ ރަށްރަށާއި ކައިރީގައި ހުންނަ ރަށްރަށުގެ ރައްޔިތުންނަށްވެސް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން އާސަންދަ ކުންފުނިން ފާހަގަކުރެ އެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތައް، ވިލާ އެއާގެ ފްލައިމީ އިން ފަށާފައިވަނީ އޮކްޓޫބަރު 1، 2011 ގައެވެ. ވިލާ އެއާގެ ދަތުރުތަކުގައި ބޭނުންކުރަނީ އޭޓީއާރް 500-72 މަރުކާގެ ފްލައިޓެވެ.
ވިލާ އެއާއިން މިހާރު ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި އދ. މާމިގިއްޔާއި ބ. ދަރަވަންދޫ ހިމެނެ އެވެ. ވިލާ އެއާއިން މީގެ ކުރިން ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށްވެސް ދަތުރުކޮށްފަ އެވެ.
ގުޅުންހުރި

ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ސްކީމުގެ ދަށުން ބަލި މީހުން ފޮނުވަން ފަށައިފި

އާސަންދައިގެ ހިދުމަތް ޔޫއޭއީ އާއި ތައިލެންޑް ހޮސްޕިޓަލްތަކަށް!

އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާގެ އެހީގެ ފުރުސަތު އިތުރު 64 ފަރާތަކަށް!
