
--
އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ހޮސްޕިޓަލަކާއި ތައިލެންޑުގެ ދެ ހޮސްޕިޓަލާ އެކު ސޮއިކޮށްފި އެެވެ.

އާސަންދަ ކުންފުނިން މިއަދު ސޮއި ކުރީ ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކް ހޮސްޕިޓަލާ އެކު އެވެ. އާސަންދަ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ އެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމާއި އެކު ކަނޑައެޅޭ އުސޫލުގެ ތެރެއިން އަންނަ މަހުގެ 15 އިން ފެށިގެން ފަރުވާއަށް މީހުން ފޮނުވަން ފަށާނެ ކަމަށް އާސަންދައިން ބުނެއެވެ.
ޔޫއޭއީ އަދި ތައިލެންޑް ފަދަ މަތީ ފަންތީގެ ސިއްހީ ހިދުމަތް ދޭ ގައުމުތަކުން ދިވެހިންނަށް ބޭސް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެ ވައުދު ފުއްދުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް އިއުލާނުކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް މިދިޔަ ޖެނުއަރީ މަހު އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވެ.
މިވަގުތު އާސަންދައިގެ ހިދުމަތް ލިބެނީ އަވަށްޓެރި އިންޑިއާއާއި ސްރީލަންކާގެ ހޮސްޕިޓަލުތަކުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ދިފާޢީ ބާރުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވުމުން، ރައީސްގެ ތަޢުޒިޔާ!

ހިިޖުރީ އާއަހަރުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވައިފި

ބައިބައިވުންތައް އެއްކިބާކޮށް ޤައުމީ މަޞްލަޙަތު ކުރިއަށް ނެރުމަކީ ހިޖުރީ އައު އަހަރުގެ އެންމެ މުހިންމު ފިލާވަޅު - ރައީސް




