logoEN
cocacola
ތިން އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް ރޭޕްކޮށްފި

ތިން އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް ރޭޕްކޮށްފި

އަލްފާ އަލީ

logo

9/11/2022, 8:14:25 PM

# ރޭޕް# ދުނިޔެ# އިންޑިއާ

lgkv91gc_rape-generic-rape-protest_625x300_22_August_19

އިންޑިއާގެ މަދްޔަޕްރަދޭޝް ޑިސްޓްރިކްޓްގެ ވިލެޖެއްގައި އުމުރުން 3 އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ގޮސިޔާ

އެ ކުއްޖާ ރޭޕްކޮށްފައިވާކަމަށް ތުހުމަތުކޮށްފައިވަނީ، އެކުއްޖާގެ ގޭގައި ނިދާފައި އޮއްވާ ރަހީނުކޮށް ގެންގޮސްގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެކުއްޖާ ފެނިފައިވަނީ އާއިލާގެ މެމްބަރުން ހޭލާ، އެކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް އެ ކައިރި ސަރަހައްދަކުންނެވެ.

ކަޓްނީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުނިލް ޖެއިން ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ ކިމޯރ ޕޮލިސް ސްޓޭޝަން ލިމިޓްގެ ދަށުގައި އޮންނަ އަމީހާތާ ވިލެޖްގައި ރޭ ފަތިހު 3 ޖަހާކަށް ހާއިރު ކަމަށެވެ.

އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، އިންޑިއާގެ ޕީނަލް ކޯޑް (އައިޕީސީ) އާއި ޖިންސީ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނު (ޕޮކްސޯ) ގެ ދަށުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ހައްޔަރުގައިހުރެ އޭނާ ފިލާފައިވާކަމަށް ތުހުމަތުކޮށް އެ ވިލެޖުގެ މީހުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. އެކަމާއި ގުޅިގެން އާއިިލާއިން މައްސަލަ ހުށަހެޅުމުން ފުލުހުންގެ ހެޑް ކޮންސްޓަބަލަކު ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޒަހަމްވެފައިވާ އެ އަންހެން ކުއްޖާ ވިޖަޔަރަގަވްގަރް ހެލްތު ސެންޓަރުން ޑިސްޓްރިކްޓް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، ޖަބަލްޕޫރު މެޑިކަލް ކޮލެޖަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ