logoEN
cocacola
ދެކުނުގައި ދާއިމީކޮށް ބޭސް ބޭނުންވާ މީހުން އެންމެ ގިނައީ ކޮލަމާފުށީގައި!

ދެކުނުގައި ދާއިމީކޮށް ބޭސް ބޭނުންވާ މީހުން އެންމެ ގިނައީ ކޮލަމާފުށީގައި!

އަހުމަދު ޝުރާއު

logo

9/11/2022, 1:34:21 PM

# ކޮލަމާފުށި

EZ1IOr2WoAEjOLV

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރަމުންދާ 8،722 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ބުނެފި އެވެ.

ގޮސިޔާ

"ވިއަވަތި" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއެކު ލ ގަމު، އިހައްދޫ ސްކޫލުގައި ބޭއްވި ބައްދަލުވުމެއްގަ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގައި ހިމެނޭ 5 އަތޮޅުގައި ދާއިމީކޮށް ބޭސްކާންޖެހޭ 8722 މީހުން އެބަ ތިބި ކަމަށެވެ.

ރަށްރަށަށް ބޭނުންވާ ބޭސް ފޮނުވުމުގައި މިހާތަނަށް ދިމާވި އެންމެ ބޮޑު ދައްޗަކީ އެ ރަށްތަކުގައި ދާއިމީ ގޮތެއްގައި ބޭސްކާ މީހުންގެ އަދަދު ނޭނގޭ މައްސަލަކަން ފާހަގަކުރަމުން އަމްރު ވިދާޅުވިީ ތ. އަތޮޅާއި ގއ، ގދ، ފުވައްމުލައް އަދި އައްޑޫގައި ދާއިމީކޮށް ބޭސްކާ މީހުންގެ އަދަދު އެސްޓީއޯ އިން ހޯދީ އެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އަމްރު ވިދާޅުވީ، ދާއިމީކޮށް ބޭސްކާންޖެހޭ މީހުންގެ އަދަދު މިހާތަނަށް ހޯދިފައި ނެތުމުން، އާބާދީ ކުޑަ ރަށްރަށަށް މަދުން އަދި ބޮޑެތި ރަށްތަކަށް ބޭސް ފޮނުވަމުން ދިޔައީ ގިނައިން ކަމަށެވެ. އެކަމަކު، އެ މައްސަލަ އަށް މިހާރު ހައްލެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެސްޓީއޯގެ ހިސާބުތައް ދައްކާ ގޮތުން، ފުވައްމުލަކާއި އައްޑޫ ނުހިމަނައި، ދާއިމީކޮށް ބޭސް ކެއުމުގައި އެންމެ ގިނައީ ގއ. ކޮލަމާފުށީގަ އެވެ. ކޮލަމާފުށީގައި ކޮލެސްޓްރޯލަށް ބޭސް ކާ 106 މީހުން، ލޭ މައްޗަށް ދާތީ ބޭސް ކާ 122 މީހުންނާއެކު، އެ ކުޑަކުޑަ ރަށުގައި ދާއިމަށް ބޭސް ކާންޖެހޭ 367 މީހުން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. މިއާއި އެކު އެރަށަކީ ދެކުނުގެ އަތޮޅުތަކުގައި ހަކުރު ބަލީގެ މީހުން އެންމެ ގިނަ އެއްރަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ