logoEN
cocacola
ޕީސީއާރް ޓެސްޓު ނަހަދާ ދަތުރުކުރެވޭނެ ރަށްތަކުގެ ލިސްޓަށް ހުވަދު އަތޮޅުގެ އިތުރު ރަށެއް!

ޕީސީއާރް ޓެސްޓު ނަހަދާ ދަތުރުކުރެވޭނެ ރަށްތަކުގެ ލިސްޓަށް ހުވަދު އަތޮޅުގެ އިތުރު ރަށެއް!

އަހުމަދު ޝުރާއު

logo

10/6/2021, 12:52:35 PM

# ކޮލަމާފުށި

EZ1IOr2WoAEjOLV

ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ހަދާ ޕީސީއާރް ޓެސްޓު ނަހަދާ ދަތުރު ކުރެވޭނެ ރަށްތަކުގެ ލިސްޓަށް ހުވަދު އަތޮޅުގެ އިތުރު ރަށެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިތުރު ކޮށްފިއެވެ.

ގޮސިޔާ

މި ލިސްޓަށް އިތުރުވި ހުވަދު އަތޮޅުގެ ރަށަކީ ގއ ކޮލަމާފުށި އެވެ. މިއާއި އެކު މިހާރު ޓެސްޓް ހެދުމަކާ ނުލާ ހުވަދު އަތޮޅުގެ 9 ރަށަކަށް ދަތުރުކުރެވޭނެ އެވެ. އޭގެ ތެރެއިންވެސް 8 ރަށަކީ ހުވަދު އަތޮޅު އުތުރުބުރިއަށް ނިސްބަތްވާ ރަށްތަކެެވެ.

ގއ ކޮލަމާފުށީގެގެ 12 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީގެ 99 ޕަސެންޓް މީހުން ވަނީ ވެކްސިނޭޝަން ފުރިހަމަ ކޮށްފައި އެވެ. އަދި 65 އަހަރުން މަތީގެ އާބާދީގެ 98 ޕަސެންޓް މީހުން ވަނީ ވެކްސިނޭޝަން ފުރިހަމަ ކޮށްފައި އެވެ.

ހުވަދު އަތޮޅުން ޕީސީއާރް ޓެސްޓާއި ނުލާ ދެން ދަތުރުކުރެވޭނެ އަށް ރަށަކީ ގއ ދެއްވަދޫ އާއި ގދ ރަތަފަންދޫ އާއި ގއ ނިލަންދޫ ގއ ވިލިނގިއްޔާއި ގއ ކަނޑުހުޅުދޫގެ އިތުރުން ގއ މާމެންދޫ ، ކޮނޑޭ އަދި ގއ ގެމަނަފުއްޓެވެ.

މިދިޔަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ރަށް ރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް އުސޫލު ބަދަލުކުރިއެވެ.

އެގޮތުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓޫރިސްޓު ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ 95 ޕަސެންޓް ވެކްސިން ފުރިހަމަވެފައިވާ ނަމަ، އެރަށަކަށް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ