logoEN
cocacola
މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވަމުންދާތީ، ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވަމުންދާތީ، ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

އައިޝަތު އިފާޝާ

logo

9/10/2022, 11:09:01 AM

# ސިއްޙަތު# އެޗްޕީއޭ

Moustique-1-1

މިދުވަސްވަރު މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވަމުންދާތީ، މަދިރިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރައްވައިފިއެވެ.

ގޮސިޔާ

އެޗްޕީއޭއިން ވިދާޅުވީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު މިއަހަރު ބަލިޖެހިގެން ރިޕޯޓުކުރަމުންދާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވާގޮތުގައި މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރަމުންދާ މީހުންގެ ޢަދަދު ވަނީ މަދުވެފައެވެ. އެހެންނަމަވެސް އިންފްލުއެންޒާ ޖެހުނު މީހުންގެ ޢަދަދު ވަރަށް ބޮޑަށްވަނީ އިތުރުވެފައެވެ. ޖުލައި މަހު ޓެސްޓުކުރި 54 މީހުންގެ ތެރެއިން 10 މީހަކު އެމަހުވަނީ ޕޮޒިޓިވްވެފައެވެ. އޯގަސްޓް މަހު ޓެސްޓުކުރި 111 މީހުންގެތެރެއިން 47 މީހަކުވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް 77 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

މޫސުމީ ވިއްސާރައިގެ ދުވަސްވަރަކީ ރާއްޖޭގައި ހުމާއި ރޯގާ ފެތުރުން އިތުރުވާ ދުވަސްވަރެކެވެ. މޫސުމަށްއަންނަ ބަދަލުތަކާއެކު ހަށިގަނޑަށް ބަދަލު އައުމުގެ އިތުރުން މިދުވަސްވަރު މަދިރި އާލާވާފަދަ ތަންތަން އިތުރުވެ މަދިރީގެ ޒަރިއްޔާއިން ޖެހޭ މިފަދަ ބަލިތައްވެސް އިތުރުވެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި ޑެންގީހުން ޖެހިގެން ރިޕޯޓުކުރި މީހުންނަށްވުރެ މިއަހަރުގެ މިދުވަސްވަރު ޑެންގީ ޖެހިގެން ރިޕޯޓުކުރަމުންދާ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. އެހެންނަމަވެސް މިއަހަރުގެ ޖުލައި މަހަށްވުރެ އޯގަސްޓްމަހު ބަލިޖެހިގެން ރިޕޯޓުކުރި މީހުންގެ ޢަދަދު މަދުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ޖުލައި މަހު 322 މީހަކު ޑެންގީ ޖެހިފައިވާއިރު އޯގަސްޓް މަހު ރިޕޯޓުކޮށްފައިވަނީ 268 މީހެކެވެ.

ޑެންގީ ހުންޖެހިގެން ބޮޑުވަރުވަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ޑޮކްޓަރުންވެސް ގެންދަވަނީ ފާޅުކުރައްވަމުންނެވެ. އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ ޑެންގީގެ ނުރައްކާ ބޮޑުވަނީ ބަލި ފަސޭހަވާ ދުވަސްވަރުކަމަށެވެ. އެގޮތުން ހުން މަޑުވާއިރު ހަށިގަނޑުގެ ލޭގެ ތަތްކަން ބޮޑުވެ ދެހަންދޭތެރެއަށް ލޭއަރާފައި ހުރުމަކީ ދިމާވާ ނުރައްކާތެރި ޙާލަތެއްކަމަށާ، ހަމުގެ ކުލަ ރަތްވާނަމަ އަވަހަށް ފަރުވާ ހޯދުމަށް ޑރ.ފައިސަލްވަނީ އިލްތިމާސްކުރައްވާފައެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަކީ މުހިންމުކަމެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެނދުނާއި ހަވީރު ބޭރަށް ނުކުންނައިރު މަދިރިން ރައްކާތެރިވެވޭނެ ފަދަ ބޭސް ބޭނުންކުރުމާއި ހަށިގަނޑު ރަނގަޅަށް ނިވާވާފަދަ ހެދުން ބޭނުންކުރުމަށް އެޗްޕީއޭއިން ބާރުއަޅުއްވައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ