
asdaw
މާލޭ ސިޓީގެ ދެކުނު ހާބަރުގައި ސީސީޓީވީ އާއި ފެނުގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މާލޭގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވީ މާލޭގެ ދެކުނުފަރާތު ފަޅުތެރޭގައި އަޅާ އުޅަނދުފަހަރުން ވައްކަންކޮށް ގެއްލުންދޭ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެެވެ.
އެހެންވެ އެކަމަށް ހައްލު ކުރުމަށްޓަކައި މޭރީބްރައުން ކުރިމަތިން ފެށިގެން ސްޓެލްކޯގެ ޕަމްޕް ސްޓޭޝަނާ ހަމައަށް މުޅިފަޅުތެރޭ 15 ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު ބެލެހެއްޓޭނެ އިންތިޒާމު ކުރަން މާލޭސިޓީ ކައުންސިލުން އިއްޔެ ފަށާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މިކަމަކީ ކައުންސިލުން ފަށާފައިވާ މާލޭސިޓީ ސީސީޓީވީ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި ކަމަށެވެ.
ކޮންމެ ފަހަރަކު ފެން އަޅަން ޓީޖެޓީ ސަރަހައްދަށް ދާންޖެހޭ ދިޔުމަށްވެސް މިއާއެކު ހައްލެއް ލިބިގެންދާނެއެވެ. މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ފާހަގަކުރައްވާ ގޮތުގައި ދެން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ހުޅުމާލެ ފޭސް 3ގެ މާލޭ އުތުރު ފަރާތު ފަޅުތެރެ ބެލެހެއްޓުމަށް ސީސީޓީވީ ނިޒާމް ގާއިމު ކުރުމަށް މަސައްކަތް ފަށާނެއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މާލެ ސިޓީއާއި ވިލިމާލޭގެ މިސްކިތްތަކުގައިވެސް ސީސީޓީވީ ކެމެރާ ވަނީ ހަރުކޮށްފައެވެ.