logoEN
cocacola
ރައްޔިތުން ޔުޓިލިޓީ ޚިދުމަތް ދެމުން އައި އެންމެ ފަހު ރަށުގެ ޚިދުމަތް ފެނަކައާ ހަވާލުކޮށްފި

ރައްޔިތުން ޔުޓިލިޓީ ޚިދުމަތް ދެމުން އައި އެންމެ ފަހު ރަށުގެ ޚިދުމަތް ފެނަކައާ ހަވާލުކޮށްފި

އަހުމަދު މާހު

logo

9/8/2022, 1:15:41 PM

# ފެނަކަ# ރ. އުނގޫފާރު

viber_image_2022-09-07_20-04-15-929

ރ. އުނގޫފާރުގެ ރައްޔިތުން 24 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ އިއްޔެ ފެނަކަ އާ ޙަވާލުކޮށްފިއެވެ. މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ޚިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް އުނގޫފާރު ރައްޔިތުން ނިންމެވި ނިންމެވުމެކެވެ.

ގޮސިޔާ

އިންޖީނުގެ ޙަވާލުކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އޮނަރަބަލް މުޙައްމަދު އަސްލަމް އަދި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ.

އުނގޫފާރު ޔުޓިލިޓީ ޚިދުމަތް ފެނަކައާ ހަވާލުކުރުމާއެކު އުނގޫފާރަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 800 ކިލޯވޮޓްގެ މުޅިން އާ ޖެނެރޭޓަރެއް މިހާރު ވަނީ ރަށަށް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައި ކަމަށް ފެނަކައިން މައުލޫމާތު ދީފައިވެއެވެ.

ރ. އުނގޫފާރުގެ އިންޖީނުގެ ކަރަންޓްގެ ހިދުމަތް ދިނުމާ ފެނަކައިން ހަވާލު ވުމުގެ ގޮތުން ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުނމް ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ، ޒަމާނުއްސުރެ ދަތިހާލުގައި ރަށްރަށުގެ ރައްޔިތުން ދެމުން ގެންދިޔަ ކަރަންޓު ދިނުމުގެ ހިދުމަތް ސަރުކާރުގެ ކުންފުނިތަކުގެ ބެލުމުގެ ދަށަށް ދިޔުމަކީ ހިދުމަތުގެ ފެންވަރު ރަނގަޅުކަމުގެ ނަތީއްޖާއެއް ކަމަށެވެ.

މި ބަދަލާއި ގުޅިގެން ފެނަކައިގެ އެމްޑީ ފާހަގަ ކުރެއްވި ގޮތުގައި ރައީސްގެ ހިކުމަތްތެރި ވިސްނުންފުޅާއި އެކު ރަށުގެ ނެޓްވޯކް އަޕްގްރޭޑް ކުރެވި މުވައްޒަފުންނަށް ވަނީ ފަސޭހަ މާހައުލެއް ހޯދައިދެވިފައި ކަމަށެވެ. އަދި ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން އުނގޫފާރު ރައްޔިތުންނަށް ކަރަންޓު ޔަގީން ކުރެވިގެން ދާނެކަމުގެ ޔަގީންކަން ވެސް އެމްޑީ ސައީދު ދެއްވެވިއެވެ. ހަމަ އެއާއިއެކު ދާދި އަވަހަށް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަން އެމްޑީ ސައީދު ކަށަވަރު ކޮއްދެއްވެވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ