logoEN
cocacola
ފެނަކަ ނަމުގައި ދައުރުކުރަނީ ފޭކް މެސެޖްތަކެއް، ސަމާލުވާން އެދެފި

ފެނަކަ ނަމުގައި ދައުރުކުރަނީ ފޭކް މެސެޖްތަކެއް، ސަމާލުވާން އެދެފި

އަލްފާ އަލީ

logo

9/6/2022, 8:03:18 PM

# ފެނަކަ

318233_3_c48fd1c6ab1ab7ba0f76e14eddc16f2aae320e96_large

ފެނަކަ ނަމުގައި އާއްމުންނަށް ފޭކް މެސެޖެއް ދައުރުވާތީ ސަމާލުވުމަށް އެކުންފުނިން އެދިއްޖެ އެވެ.

ގޮސިޔާ

ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެކި މުވައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރުކޮށް، ރައްޔިތުންނަށް އޮޅުވާލައި މަކަރާއި ހީލަތް ހެދުމަށް ބަޔަކު ފަށާފައިވާ ފިނޑި މަސައްކަތެއްގެ ތެރެއިން އެކުންފުނީގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ މެސެޖުތަކަށް ކަސްޓަމަރުން ސަމާލުވުމަށް ފެނަކައިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ފެނަކައިން ބުނީ، އެކުންފުންޏަކީ ކަސްޓަމަރުންނާ ނުހަނު ގާތުން މަސައްކަތްކުރާ ކުންފުޏަކަށް ވީހިނދު، އެ ކުންފުނިން ފޯރުކޮށްދޭ އެއްވެސް ހިދުމަތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ޕްރޮމޯޝަނެއް ކުރިއަށް ގެންދާނަމަ، އެކުންފުނީގެ ރަސްމީ މީޑިއާ އެކައުންޓްތަަކުން، އެކަމާ ގުޅޭ ތަފްސީލްތައް ހޯއްދެވުމަށް ވަކި ލިންކަކަށް ކްލިކް ކުރެއްވުމަށް ނޭދޭނެ ކަމަށެވެ.

ފެނަކައިން ވަނީ އެކުންފުނީގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ މެސެޖެއްގައިވާ ލިންކަކަށް ކްލިކް ނުކުރެއްވުމަށް އެދިލައްވާފައެވެ. އަދި އެފަދަ މެސެޖަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، އެރަށެއްގައި ހުންނަ ފެނަކަ ބްރާންޗުން ނުވަތަ ހެޑްއޮފީހުން މައުލޫމާތު ސާފުކުރެއްވުމަށްވެސް ފެނަކައިން ވަނީ އެދިލައްވާފައެވެ.

ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކުރަމުންދާތީ ސަމާލުވުމަށް ފުލުހުންވެސް ވަނީ އެދިލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ