logoEN
cocacola
އާރުޓީއެލްގެ ހިދުމަތް ށ. އަތޮޅަށް ކަނޑައަޅާފައިވާ އަގުތަކުގައި ރަސްމީކޮށް ފަށައިފި

އާރުޓީއެލްގެ ހިދުމަތް ށ. އަތޮޅަށް ކަނޑައަޅާފައިވާ އަގުތަކުގައި ރަސްމީކޮށް ފަށައިފި

އަލްފާ އަލީ

logo

9/6/2022, 4:00:03 PM

# އެމްޓީސީސީ# އާރުޓީއެލް

ހައިސްޕީޑް ފެރީ

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޒޯން 1 ގެ ށ. އަތޮޅުގެ " ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތް" ކަނޑައަޅާފައިވާ އަގުތަކުގައި މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ގޮސިޔާ

ށ. އަތޮޅަށް އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމާއެކު، މިމުހިންމު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޒޯން 1 ގެ 3 އަތޮޅުކަމަށްވާ ހދ. ހއ. އަދި ށ. އަތޮޅުގެ ރައްޔިތުންނަށް އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ލިބިގެންދިއުމަކީ ވަރަށްބޮޑު ފަޚުރަކާއި ކާމިޔާބީއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އަގުނަގައިގެން ރަސްމީކޮށް ޙިދުމަތް ފެށުމުގެ ކުރިން ށ. އަތޮޅުގެ ރަށްތަކަށް 30 އޯގަސްޓް 2022 ވަނަ ދުވަހުން ފެށިގެން 5 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ ނިޔަލަށް އާރް.ޓީ.އެލް ފެރީ ގެ ދަތުރުތައް ކޮށްދީފައިވަނީ މުޅިން ހިލެއެވެ.

ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމާއިއެކު، ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކު ފެރީގެ ޚިދުމަތް ޒޯން 1 ގެ ށ. އަތޮޅުގައި އަގުނަގައިގެން ފެށުނުކަމުގައިވީނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)

ގެ ދަފްތަރުގައިވާ ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެއެވެ.

ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެވެ. މިއަދުން ފެށިގެން ކަސްޓަމަރުން ޓިކެޓް ބައްލަވައިގަތުމަށް ބޭނުންކުރަށްވަންޖެހޭނީ އެމްޓީސީސީން

އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށްކަމުގައި އެކުންފުނިން ބުނެއެވެ.

ޒޯން 1 ގެ ށ. އަތޮޅުގެ އާރް. ޓީ.އެލް ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު، 4 ސްޕީޑް ފެރީ މެދުވެރިކޮށް 7 ރޫޓަކުން ލިބިވަޑައިގަންނަވާނެއެވެ.

ށ. ބިލެއްފަހި – ހދ. ކުޅުދުއްފުށި (ރޫޓް S2V1 )

ށ. ބިލެއްފަހި – ށ. ފުނަދޫ (ރޫޓް S2V1)

ށ. ނޫމަރާ – ށ. ބިލެއްފަހިނޫމަރާ (ރޫޓް S2C5)

ށ. ކަނޑިތީމު – ށ. ބިލެއްފަހި (ރޫޓް S2C1)

ށ. ފީވައް – ށ. ފުނަދޫ (ރޫޓް S2C2)

ށ. ފުނަދޫ – ހދ. ކުޅުދުއްފުށި (ރޫޓް H2)

ށ. މަރޮށި – ށ. ފުނަދޫ (ރޫޓް S2C4)

އާރް.ޓީ.އެލް ފެރީގެ ޚިދުމަތުގެ ޝެޑިއުލް އާރް.ޓީ.އެލް ވެބްސައިޓު އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަންހުންނާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ