logoEN
cocacola
ބަސްދަތުރުތަކަށް ބޮޑު ތަރުޙީބެއް، ފުރަތަމަ ދުވަހު 2000 އަށްވުރެ ގިނަމީހުން ދަތުރުކޮށްފި

ބަސްދަތުރުތަކަށް ބޮޑު ތަރުޙީބެއް، ފުރަތަމަ ދުވަހު 2000 އަށްވުރެ ގިނަމީހުން ދަތުރުކޮށްފި

އަލްފާ އަލީ

logo

9/6/2022, 1:49:15 PM

# އެމްޓީސީސީ# އާރުޓީއެލް

Fb5oLtuaAAIGlgc

މާލޭގައި އަލުން މިނީ ބަސް ހިދުމަތް ދޭން ފެށި ފުރަތަމަ ދުވަހު އެކަނިވެސް 2000 އަށްވުރެ ގިނަމީހުން އެ ހިދުމަތް ހޯދައިފި އެވެ.

ގޮސިޔާ

މިނީ ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މާލޭގައި ބަސްދަތުރުތައް ފެށުމުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދާ ކަމަށާއި ފުރަތަމަ ދުވަހު އެކަނިވެސް 2257 މީހަކު އެ ހިދުމަތް ހޯއްދެވި ކަމަށެވެ.

"މާލެ ބަސްދަތުރުތައް ފެށުމުން ބޮޑު ތަރުހީބެއް ލިބިގެންދާކަން އުފަލާއެކު ފާހަގަކުރަން. ފުރަތަމަ ދުވަހު އެކަނިވެސް 2257 ބޭފުޅުން ހިދުމަތް ބޭނުންކުރެއްވި. ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރިއްޔާ." އާޒިމް

އާޒިމް ވަނީ، ވެހިކަލް ޕާކްކުރައްވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ޕާކުކުރުމަށް އެދިލައްވާފައެވެ.

އިއްޔެ މާލޭގައި މިނީބަހުގެ ހިދުމަތް އަލުން ފަށާފައިވާ އިރު، މިހިދުމަތަކީ އެތައް ބަޔަކު އެ ހިދުމަތަކަށް އެދިއެދި ތިބި ހިދުމަތެކެވެ. މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް އިއްޔެ ހޯއްދެވި ފަރާތްތަކުން ވަނީ އެ ހިދުމަތް އުފަލާއެކު ބަލައިގެންފައެވެ.

މާލޭގައި އިއްޔެ އިން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ބަހުގެ ހިދުމަތް ދޭނީ ހިލެ އެވެ. އޭގެ ފަހުން ކޮންމެ ކޮޅަކަށް 7ރ. ނަގާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ