logoEN
cocacola
ސުޝްމީތާ ސެންއާއި ލަލިތު މޯދީ ވަކިވީތަ؟

ސުޝްމީތާ ސެންއާއި ލަލިތު މޯދީ ވަކިވީތަ؟

އައިޝަތު އިފާޝާ

logo

9/6/2022, 9:25:44 AM

# ބޮލީވުޑް

Lalit_Modi_Sushmita_Sen_breaku_1200x768 copy

އައިޕީއެލްގެ ފައުންޑަރު ލަލިތު މޯދީ، މިދިޔަ ޖުލައި މަހު ސުޝްމިތާ ސެން އާ ގާތްގުޅުމެއް އޮންނަކަށް ކަށަވަރުކޮށްދީ، ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާކުރުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ. ނަމަވެސް މިހާރު މި ދެތަރިންގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ދާދި ފަހުން ލަލިތު މޯދީ ވަނީ އޭނާގެ އިންސްޓަގްރާމްގެ ޑިސްޕްލޭ ފޮޓޯ އާއި އިންސްޓަގްރާމް ބަޔޯ ބަދަލުކޮށްފައެވެ.

ގޮސިޔާ

ދިވެހިރާއްޖޭގައި ސުޝްމީތާއާއެކު ޗުއްޓީ ހޭދަކޮށް ނަގާފައިވާ ބައެއް ފޮޓޯތައް ލަލިތު ހިއްސާކޮށް އެދެމީހުންގެ ގުޅުމާބެހޭ ގޮތުން ވާހަކަ ދައްކާފައިވީ ނަމަވެސް އެކަމާއި ގުޅިގެން ސުޝްމިތާ އެއްވެސް ވާހަކައެއް ދައްކާފައިނުވެއެވެ.

ސުޝްމިތާއާއި ލަލިތުގެ ގުޅުން ހީނަރުވެފައިވާ ކަަމަށް ރިޕޯޓުތައް ބުނެފައިވަނީ، ސުޝްމިތާއާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ރޯމަންއާއެކު ބޭރުތެރެއިން ފެންނަމުންދާ ދަނޑިވަޅެއްގައި ލަލިތުގެ އިންސްޓަގްރާމް އެކައުންޓުގެ ބަޔޯއާއި ފޮޓޯއަށް އައި ބަދަލާއި ގުޅިގެންނެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެދެމީހުންގެ ގުޅުން ހީނަރުވެފައިވަނީ، ކުރީގެ ލޯބިވެރިޔާ ރޯމަންއާ ސުޝްމިތާ އަލުން ގުޅެން ބޭނުންވާތީ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ