logoEN
Sto top
ޔަހޫދީ އިޒްރޭލުގެ ސިފައިން އަލް ޖަޒީރާގެ ނޫސްވެރިއަކު ހައްުޔަރުކޮށްފި

ޔަހޫދީ އިޒްރޭލުގެ ސިފައިން އަލް ޖަޒީރާގެ ނޫސްވެރިއަކު ހައްުޔަރުކޮށްފި

އަހުމަދު ޝުރާއު

logo

3/18/2024, 2:12:55 PM

# އަލްޖަޒީރާ

ހައްޔަރުކުރި ނޫސްވެރިޔާ

އިސްރާއީލު ސިފައިން ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލުގެ ތެރެއިން އަލްޖަޒީރާ އަރަބިކްގެ ނޫސްވެރިޔާ އިސްމާއިލް އަލް ޣޫލް ހައްޔަރުކޮށްފިއެވެ.

Wamco

ފަލަސްތީނުގެ ލިޔުންތެރިޔާ އަދި ނޫސްވެރިޔާ އިމާދު ޒަކުއުތު ބުނާ ގޮތުގައި ހޮސްޕިޓަލުގެ ތެރޭގައި އެތައް ފިރިހެނުންނާއި އަންހެނުންނާ އެކު ހައްޔަރު ކުރުމުގެ ކުރިން އިސްރާއީލު ސިފައިން ވަނީ ނޫސްވެރިއާ އަލްޣޫލްއަށް ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ.

މިކަމާއި ގުޅިގެން އަލް ޖަޒީރާއިން މިއަދު ނެރުނު ބަޔާނެއްގައި އިސްރާއީލު ސިފައިން ވަނީ ޣައްޒާގައި ހުންނަ އަލްޖަޒީރާ އަރަބި ކޮރެސްޕޮންޑެންޓް އިސްމާއިލް އަލްޣޫލް ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރަމުން ދަނިކޮށް ހަމަލާދިނުމަށްފަހު ހައްޔަރުކޮށްފައި ކަމަށެވެ. އެގޮތުން އިސްރާއިލް ސިފައިން ވަނީ އަލްޖަޒީރާގެ ބްރޯޑްކާސްޓް ވެހިކަލާއި ކެމެރާތަކާއި އެހެނިހެން އާލާތްތަކަށްވެސް ގެއްލުންދީފައި ކަމަށް އަލް ޖަޒީރާގެ ބަޔާނުގައި ބުނެފައި އެވެ.

އަލްޖަޒީރާ މީޑިއާ ނެޓްވޯކުން ވަނީ އެ އޭޖެންސީގެ ނޫސްވެރިޔާ އާއި އޭނާއާ އެކު ހައްޔަރުކުރި އެހެން ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައި އެވެ.

އިސްމާއިލް އަލް ޣޫލް ހައްޔަރުކުރުމާއި ގުޅިގެން އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައިޕީއައި)ގެ ޑެޕިއުޓީ ޑިރެކްޓަރު ސްކޮޓް ވިދާޅުވީ އަލްޖަޒީރާ އަރަބި ކޮރެސްޕޮންޑެންޓް އިސްމާއިލް އަލް ޣޫލް އަލް ޝިފާ ހޮސްޕިޓަލުގެ ތެރޭގައި އިސްރާއީލު ސިފައިން މާރާމާރީ ހިންގައި ހިފަހައްޓާފައިވާ ކަމުގެ މައުލޫމާތު އެޖަމިއްޔާއަށް ލިބިފައިވާ ކަމަށާއި އެކަމާއި ގުޅިގެން އެ ޖަމިއްޔާ އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

މީގެ އިތުރުން އިސްމާއިލް އަލް ޣޫލް އާއި އޭނާގެ ޓީމު ހައްޔަރުކުރި މައްސަލަ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް ވަނީ ކުށްވެރިކޮށްފި އެވެ.

ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލުގައި ތިބި ނޫސްވެރިންގެ ބްރޯޑްކާސްޓިން ވެހިކަލްތައް އިޒްރޭލު ސިފައިން ނައްތާލައިފިއެވެ.

އެ ހޮސްޕިޓަލަކީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރެއިން ނޫސްވެރިންނަށް ރިޕޯޓް ކުރެވޭނެ ބޭސްއެކެވެ.

މެޑިކަލް ކޮމްޕްލެކްސްގެ ގޯތިތެރެއަށް ބުލްޑޯޒް ކޮށްފައިވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެތަނުގެ އިމާރާތްތަކާ ދިމާލަށް ބަޑީގެ ހަމަލާތަކެއް ދީ، އެތަނުގެ ތެރޭގައި ތިބި މީހުން ބިއްލޫރިގަނޑު ކައިރިއަށް ނުދިއުމަށް އިންޒާރުދީފައި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside