logoEN
cocacola
ބޮލީވުޑްގެ ލަވައެއް ކަމަށްވާ "އަބީ ތޮ ޕާޓީ ޝުރޫ ހުއީ ހޭ" އަށް 82 އަހަރުގެ މީހަކު ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް

ބޮލީވުޑްގެ ލަވައެއް ކަމަށްވާ "އަބީ ތޮ ޕާޓީ ޝުރޫ ހުއީ ހޭ" އަށް 82 އަހަރުގެ މީހަކު ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް

އައިޝަތު އިފާޝާ

logo

9/5/2022, 2:31:09 PM

# ބޮލީވުޑް

BeFunky-collage_(63) copy

މީސްމީޑިއާގައި މިހާރު ވައިރަލްވަމުންދާ ވީޑިއޯއެއްގައި، އިންޑިއާގެ ލަވަކިއުންތެރިޔާ ބާދްޝާހްގެ "އަބީ ތޮ ޕާޓީ ޝުރޫ ހުއި ހޭ" އަށް އުމުރުން 82 އަހަރުގެ ފިރިހެނަކު ނަށާ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ގޮސިޔާ

ނީގަމް ޕަޓޭލް ނަމަކަށް ކިޔާ މީހަކު އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ކުރު ވީޑިއޯ ކްލިޕްގައި ފެންނަނީ ޕާޓީއެއްގެ ތެރޭގައި އެލަވަ ޖަހާފައި ހުއްޓާ އުމުރުން ދުވަސްވީ މީހަކު އެލަވައަށް ނަށާ މަންޒަރެވެ. އުމުރުން 82 އަހަރުގެ މީހަކު އެވަރަށް ނަށާ މަންޒަރު ފެނުމުން ގިނަ ބަޔަކަށް އެކަން މަޖާ ކަމަކަށްވީއިރު، ގިނަ ބަޔަކު އެމީހާގެ ހިތްވަރާއި ހަކަތައަށް ވަނީ ތައުރީފުކޮށްފައެވެ.

މިވީޑިއޯ ހިއްސާކުރިތާ މާ ގިނައިރެއް ނުވެ، 8 ލައްކައަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

އަބީ ޓު ޕާޓީ ޝުރޫ ހުއި ހޭ އަކީ 2014 ވަނަ އަހަރު ސޯނަމް ކަޕޫރާއި ފަވާދު ޚާން ލީޑް ރޯލް ކުޅެފައިވާ ފިލްމު "ޚޫބުސޫރަތު" އިން ބޮލީވުޑަށް ތައާރަފުވި ލަވައެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ