logoEN
cocacola
ލާލް ސިންގް ޗަދާގެ ނާކާމިޔާބީއަށްފަހު އާމިރް ޚާން އޭނާގެ ފީތައް މާފު ކުރަނީ

ލާލް ސިންގް ޗަދާގެ ނާކާމިޔާބީއަށްފަހު އާމިރް ޚާން އޭނާގެ ފީތައް މާފު ކުރަނީ

އަހުމަދު ޝުރާއު

logo

9/5/2022, 11:28:53 AM

# ބޮލީވުޑް

Lal-Singh-Chadda

އެންމެ ފަހުން ނެރުނު އާމިން ޚާންގެ ފިލްމު، ލާލް ސިންގ ޗައްޑާގެ ނާކާމިޔާބީއަށްފަހު އެފިލްމުން އޭނާއަށް ލިބެން ޖެހޭ ފީތަށް މާފުކުރަން އޭނާ ނިންމާފައިވާކަނަށް ބޮލީވުޑް ހަންގާމާއިން ރިޕޯޓްކޮށްފި އެވެ.

ގޮސިޔާ

1994 ވަނަ އަހަރު ނިކުތް ހޮލީވުޑް ފިލްމު ފޮރެސްޓް ގަމްޕްގެ ރަސްމީ ހިންދީ ރީމޭކް ކަމުގައިވާ މި ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީޒްކޮށްފައި ވަނީ އޮގަސްޓް 11 ވަނަ ދުވަހު އެވެ. މިއީ ވިއަކޮމް 18 ސްޓޫޑިއޯސް އާއި އާމިރް ޚާން ޕްރޮޑަކްޝަން ގުޅިގެން ޕްރޮޑިއުސްކުރި ފިލްމެކެވެ.

ފިލްމު ޓްރޭޑް އެނަލިސްޓް ތަރަން އަދާރްޝް ބުނާ ގޮތުގައި މި ފިލްމު 11.70 ކްރޯޑަށް ހުޅުވިއިރު ފިލްމުގެ ފަސް ދުވަހުގެ ޖުމްލަ (45.83 ކްރޯޑު ރުޕީސް) އަކީތަގްސް އޮފް ހިންދޯސްތާނުގެ 1 ދުވަހުގެ ޖުމްލަ (50.75 ކްރޯޑު ރުޕީސް) އަށް ވުރެން ވެސް ދަށް އަދަދެކެވެ.

މިފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ނާކާމިޔާބީގެ ސަބަބުން އާމިރް ޚާން ވަނީ އޭނާގެ އެކްޓިންގ ފީ މާފުކޮށް، ފިލްމަށް ލިބުނު ހުރިހާ ގެއްލުމެއްގެ ޒިންމާ ވެސް ނަގަން ނިންމާފައިކަމަށް ރިޕޯޓްތަށް ބުނެއެވެ.

އާމިރް ޚާން އޭނާގެ އެކްޓިން ފީ ނަގަން ނިންމައިފި ނަމަ، ވިއަކޮމް 18 ސްޓޫޑިއޯސް އަށް ގާތްގަނޑަކަށް 100 ކްރޯޑުރު ރުޕީސްގެ ގެއްލުމެއް ލިބޭނެ އެވެ. ސަބަބަކީ ފިލްމު އިންޑިއާގެ މާކެޓުގައި ފްލޮޕް ވެފައި ވުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ