logoEN
cocacola
"އާޝިގީ 3" ގެ ލީޑް ރޯލު ކާރްތިކް އާރްޔަނަށް!

"އާޝިގީ 3" ގެ ލީޑް ރޯލު ކާރްތިކް އާރްޔަނަށް!

އަހުމަދު ޝުރާއު

logo

9/5/2022, 11:15:37 AM

# ބޮލީވުޑް

aashiquis3-1662354698

އާޝިގީ 3 ގެ ލީޑް އެކްޓަރަކަށް އަރަމުން އަންނަ ތަރި ކާރްތިކް އާރްޔަން ހަމަޖައްސައިފި އެވެ.

ގޮސިޔާ

އަނުރާގު ބާސޫ ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑް ރޯލު ލިބުނުކަން ކާރްތިކް ވަނީ މީސް މީޑިއާގައި ރަސްމީކޮށް އިއުލާނުކޮށްފައެވެ.

އިންސްޓަގްރާމްގައި ކާރްތިކް ވަނީ އަނޫރާގް ބާސޫ، ޕްރިތަމް، ބޫޝަން ކުމާރު އަދި މުކޭޝް ބަޓް އާއެކު ފޮޓޯއެއް ހިއްސާކޮށްފައެވެ. އަދި ކެޕްޝަންގައި އޭނާ ލިޔެފައިވަނީ "ޓީމް އޭ" އެވެ.

ފިލްމުގެ ޑައިރެކްޓަރު އަނުރާގު ބުނީ "އާޝިގީ" އާއި "އާޝިގީ 2" އަކީ ފޭނުންގެ ޖަޒުބާތުތަކާ ކުޅެލާފައިވާ ވަރަށް އަސަރުގަދަ ދެ ފިލްމް ކަމަށްވުމުން ކާރްތިކް އާއެކު އޭނާ މި ފަށާ "އާޝިގީ 3" އަކީ ވެސް އެފަދަ ފިލްމަކަށް ހެދޭތޯ އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. ފިލްމުގެ ލީޑް ރޯލު ކާރްތިކް އަށް ދިނީ އޭނާގެ މަސައްކަތުގެ އަޚުލާގު ރަނގަޅުވެފައި ރޮމެންޓިކް ހީރޯއެއްގެ ރޯލަށް ފިޓް ވާތީ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

މި ފިލްމުގެ ބަތަލާ އަކީ ކާކުކަން އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ވަރަށް އަވަހަށް ބަތަލާއަކީ ކާކުކަންވެސް އިއުލާނުކުރާނެކަން އަނުރާގު ވަނީ ބުނެފައެވެ.

"އާޝިގީ" އާއި "އާޝިގީ 2" ވެސް ބްލޮކްބަސްޓާގެ ދަރަޖަ ހޯދާފައިވެ އެވެ. އަދި ޚާއްސަކޮށް އެ ދެ ފިލްމުގެ ލަވަތަކަކީ މިހާރު ވެސް ހިންދީ މިއުޒިކަށް ލޯބިކުރާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަވަތަކެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ