logoEN
Sto top
އެތައް ޚަރަދެއްކޮށް އެތައް ދުވަހެއް ފަހުން ހަދިޔާ މިކުރީ އެޓިނު ސްކޫލް - ޖަމީލް

އެތައް ޚަރަދެއްކޮށް އެތައް ދުވަހެއް ފަހުން ހަދިޔާ މިކުރީ އެޓިނު ސްކޫލް - ޖަމީލް

އައިޝަތު އިފާޝާ

logo

9/4/2022, 11:17:22 AM

# ޑރ. މުޙައްމަދު ޖަމީލް އަޙުމަދު

Jameel-phcidv3dnbl4xw8c64q58a0rssqg6me95ndr392je4

އެތައް ޚަރަދެއް ކޮށް، އެތައް ދުވަހެއް ފަހުން ހަދިޔާ ކުރީ ޓިނު ސްކޫލެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Wamco

ޖަމީލް މިހެން ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއްގެ ފުރަތަމަ ސްކޫލް މިއަދު ހުޅުވުމާއި ގުޅިގެންނެވެ. އެސްކޫލަކީ ޓިނުން ހަދާފައިވާ ސްކޫލެއްގެ ގޮތުގައި ފާހަގަކޮށް ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ފެންނަނީ އެމްޑީޕީގެ ވިސްނުމުގެ ފެންވަރު ކަމަށާއި، އެތައް ހަރަދެއްކޮށް އެތައް ދުވަހެއް ފަހުން ހަދިޔާ ކުރީ ޓިނު ސްކޫލެއް ކަމަށެވެ.

"‘ކޮތަރުކޮށި’ އަދިވެސް ފެންނަނީ ވ. ޒަމާނީ އަދި ޗާލުތަނެއްގެ ގޮތުގައި. މިޙާލަތު ބަދަލުވާނީ 2023 ގައި ޞާލިޙުގެ ވެރިކަން ބަދަލްކޮށްގެން" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ފުރަތަމަ ސްކޫލް ހުޅުވާ އެސްކޫލްގައި މިއަދު ވަނީ ކިޔަވައިދޭން ފަށާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި “ކާމިލް ދީދީ ޕްރައިމަރީ ސްކޫލް" ނިސްބަތްވެވަޑައިގަންނަވަނީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މަޢާރިފް އަލްއުސްތާޛް އަޙްމަދު ކާމިލްދީދީއަށެވެ.

މި ސްކޫލްއަކީ އެލްކޭޖީން ފެށިގެން ގްރޭޑް 6 އާ ހަމަޔަށް ކިޔަވައިދޭނެ ސްކޫލްއެކެވެ. މި ސްކޫލުގައި ފައުންޑޭޝަން ކްލާސްތައް 4 ދަންފަޅިއަކަށް އަދި ގްރޭޑް 1 ން 6 އަކަށް 2 ދަންފަޅިއަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

824 ދަރިވަރުންގެ ޖާގައިގެ މި ސްކޫލުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި 47 މުދައްރިސުން ހަރަކާތްތެރިވާނެއެވެ. އަދި 8 އިދާރީ މުވައްޒަފުންނާއި، 10 މަސައްކަތު މީހުންނާއެކު ޖުމްލަ 65 މުވައްޒިފުން މި ސްކޫލްގައި މަސައްކަތްކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside