logoEN
Sto top
ރިޔާސީ ބަޔާނުން ހާމަވީ ސަރުކާރާއި ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރު: ޖަމީލް

ރިޔާސީ ބަޔާނުން ހާމަވީ ސަރުކާރާއި ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރު: ޖަމީލް

# ޑރ. މުޙައްމަދު ޖަމީލް އަޙުމަދު

278403_3_34b0bbfb06470aa889154493cafa7ebfda8e4478_large

މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އިއްވި ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރުކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު، އަދި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

Wamco

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރުކަމަށާއި އަދި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގެ ވިސްނުމެއް ނެތްކަން ކަމަށެވެ.

"ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރު. ހާމަވެގެން ދިޔައީ އަދިވެސް ވަޢުދެއް ފުއްދުމުގެ ވިސްނުމެއް ނެތްކަން.ކޮރަޕްޝަން އިތުރުވީ. ބޭރު ސިފައިން ބައިތިއްބައިފި.ޙިމާޔަތް ކުރަނީ ދީނާ ދެކޮޅު ފިކުރު.އެމްޑީޕީއަކީ މިއީ ތަންދޮރުނުދަންނަ، ވާނުވާ ނޭނގޭ ފިކުރު" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް، ރިޔާސީ ބަޔާނަށް ފާޑުވިދާޅުވިއިރު އިދިކޮޅު މެމްބަރުން ވަނީ މިއަދުގެ ޖަލްސާ ބޯއިކޮޓްކުރައްވާފައެވެ. އަދި އިދިކޮޅު ޕާޓީގެ މެމްބަރުން އަންނަނީ ރިޔާސީ ބަޔާނަށް ފާޑުވިދާޅުވަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside