logoEN
cocacola
މަނާކޮށްފައިވާ މަސްވެރިކަމެއްކޮށްފި ނަމަ 4 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ!

މަނާކޮށްފައިވާ މަސްވެރިކަމެއްކޮށްފި ނަމަ 4 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ!

އައިޝަތު އިފާޝާ

logo

9/3/2022, 11:13:48 AM

# މިޔަރުގެ މަސްވެރިކަން# މަސްވެރިކަން

308327_3_caa7c4497beef5afa60ed0ce06fd599da7bf5928_large

ރާއްޖޭގައި މަނާކޮށްފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއްކޮށްފި ނަމަ 4 ލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހަދައިފިއެވެ.

ގޮސިޔާ

ދާދިފަހުން އާންމުކޮށްފައިވާ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދުގައި ވަނީ މަސްވެރިކަމާއި ގުޅޭ ގަވާއިދާ ޙިލާފު ހަރަކާތްތަށް ބަޔާންކޮށް، ޖޫރިމަނާގެ އަދަދުތައް ކަނޑައަޅާފައެވެ. އެގޮތުން ޖުމްލަ 34 ކަމެއް ހިމަނާފައިވާއިރު، އެންމެ ބޮޑު ޖޫރިމަނާއެއް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މަނާ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއްކުރުމާއި، ޙިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ ވިޔަފާރިކުރުމާއި، ޕްރޮސެސްސްކުރުމާއި، ޕްރޮސެސްކުރާ ތަނެއްގައި ރައްކައުކޮށްފައި ބެހެއްޓުން ނުވަތަ ޑިސްޕްލޭކޮށްފައި ބެހެއްޓުން ފަދަ އަމަލެއް ހިންގުމުންނެވެ.

ރާއްޖޭގައި މަނާ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމުން ޖޫރިމަނާކުރުމުގައި ގިނަ ކަންތައްތަކަކަށް ބަލާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ. މިކަމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ އަޙުމަދު ޝިފާޒު ވިދާޅުވީ މަނާ ބާވަތެއް ހިފުމަށް މަސައްކަތް ކުރުމަކީވެސް ކުށެއް ކަމަށާއި، މަނާ ބާވަތެއް ދޯނީގައި ބެހެއްޓުންވެސް ބެލެވޭނީ މަނާ ބާވަތެއްގެ މަސްވެރިކަން ކުރި ކަމަށެވެ.

"މަނާ ބާވަތެއް ދޯނީގައި ބެހެއްޓުމަކީވެސް ކުށެއް، ވަކި ބާވަތެއްގެ މަހެއް ހިފުމަށް ޓާގެޓުކުރުން، ދޯންޏާއި ހިސާބަށް އޭތި ނުގެނަޔަސް ބެލެވޭނީ މަސްވެރިކަން ކުރި ކަމަށް،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ މިހާތަނަށް ގިނަ ފަހަރަށް އަތުލައިގަނެވިފައިވަނީ، މަނާ ބާވަތްތައް ހިފާ ދޯނީގައި ބާވާފައި އޮންނަ ހިސާބުން، ނުވަތަ ޕްރޮސެސް ކުރަން ގެންދާ ހިސާބުން ކަމަށެވެ. އަދި ބޭނުން މަނާ ހުރިހާ ބާވަތްތަކަކީ އެކްސްޕޯޓުކުރުންވެސް މަނާ ބާވަތްތައް ކަމަށާއި، އެހެންކަމުން އެކްސްޕޯޓުކުރަން މަސައްކަތްކުރުމަކީވެސް ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކުށެއް ކަން ޝިފާޒް ފާހަގަކުރެއްވިއެވެ.

ޖޫރިމަނާގެ އަދަދު ކަނޑައެޅުމުގައި، މަހުގެ ބާވަތަށާއި، މަހުގެ ކުޑަ ބޮޑު މިނަށް އަދި އަދަދަށްވެސް ބަލާނެ ކަމަށް ފިޝަރީޒް މިިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖޭގައި މަނާ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއްކޮށްފިނަމަ ޖޫރިމަނާ ކުރެވޭނެ ފަރާތަކީ ދޯނީގެ މާސްޓަރު، އޮޕަރޭޓަރު ނުވަތަ ލައިސަންސުގެ ވެރިފަރާތެވެ. އަދި ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ ވިޔަފާރިކުރުމާއި، ޕްރޮސެސްސްކުރުމާއި، ޕްރޮސެސްކުރާ ތަނެއްގައި ރައްކައުކޮށްފައި ބެހެއްޓުން ނުވަތަ ޑިސްޕްލޭކޮށްފައި ބެހެއްޓުން ފަދަ އަމަލެއް ހިންގުމުން ޖޫރިމަނާ ކުރެވޭނީ ލައިސަންސުގެ ވެރިފަރާތެވެ.

ރާއްޖޭގައި މަސްވެރިކަން ކުރުން މަނާކޮށްފައިވާ ބާވަތްތަކުގެތެރޭގައި، މިޔަރާއި، ވެލަޔާއި، ބައެއް ބާވަތްތަކުގެ ފަރުމަސް ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ