
capture-1
ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުއްޓާ ސީލިން ފަޅާލައިގެން ފިލި މީހާ ހޯދަން އިމިގްރޭޝަނުން އިއުލާނު ކޮށްފިއެވެ.

އިމިގްރޭޝަނުން ހާމަ ކުރި މައުލޫމާތަށް ބަލާއިރު، ޑިޓެންޝަން ސެންޓަރުގައި ހުއްޓާ ފިލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މިތުން، 26 އަހަރެވެ. އޭނާ ފިލާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.
އިމިގްރޭޝަނުން ވަނީ އޭނާ އާއި ބެހޭ އެއްވެސް މައުލުމާތެއް އެނގޭނަމަ އެއިދާރާއަށް ހިއްސާ ކުރުމަށް އެދިފައެވެ.
މިތުން މިދިޔަ ބުދަ ދުވަހު ރާއްޖެ އައުމުން ރާއްޖެއަށް އެތެރެވިޔަ ނުދީ ޑިޓެންޝަން ސެންޓަރުގައި ބަންދުކުރީ އޭނާ އަކީ މީގެ ކުރިން ރާއްޖޭގައި އުޅެނިކޮށް ޑީޕޯޓް ކޮށްލާފައިވާ މީހަކަށް ވާތީއެވެ.
ގުޅުންހުރި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް
.jpg&w=3840&q=75)
ބަންދުގައި ހުރި ބިދޭސީއަކަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވޭ - ފުލުހުން

އޮޕަރޭޝަން ކުރަނގި: މިހާތަނަށް ދެލައްކަ އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

.gif&w=3840&q=75)



