
ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ތިބި ހައި ރިސްކް ދެމީހުން އިތުރު ފަރުވާއަށް މާލެ ގެންދަނީ
# ކޮވިޑް19# ގއ.ވިލިނގިލިvillingili covid facility
ގއ. ވިލިނގިލީ ކޮވިޑް ފެސިލީޓީގައި ފަރުވާ ހޯދަމުން އަންނަ ކޮވިޑް ބަލީގެ ހައި ރިސްކު ދެ މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ނިންމައިފިއެވެ.

ދެއްވަދޫ ކްލަސްޓާގެ ތިން މީހަކަށް ވިލިނގިލި ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އަންނައިރު، އޭގެތެރެއިން އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ނިންމާފައިވަނީ އުމުރުން 79 އަހަރުގެ މީހަކާއި 68 އަހަރުގެ މީހެކެވެ.
ދެއްވަދޫގައި ކޮވިޑް-19 ފެތުރެން ފެށި ގޮތެއް ނޭންގެއެވެ. އެޗްޕީއޭ އިން ލަފާކުރާ ގޮތުގައި އެރަށުގައި ކޮވިޑް-19 ފެތުރެމުން އަންނަތާ މިހާރު ދުވަސްތަކެއް ވެދާނެއެވެ.
ދެއްވަދޫ ކްލަސްޓާ އާއި ގުޅިފައިވާ މީހުން އެހެން ރަށްރަށުން ވެސް އަންނަނީ ކޮވިޑް-19 އަށް ފައްސިވަމުންނެވެ. އެގޮތުން ގއ.ވިލިނގިލިން ވަނީ ދެވަނަ ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. ދާންދޫން ފައްސިވި މީހުންނާއި ގާތުން ޑައިރެކްޓް ކޮންޓެކްޓުވި މީހަކު ހުޅުމާލޭގައި ހުރުމުން އޭނާގެ ސުންކު ނަގައި ޓެސްޓުކުރިއިރު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.
ގުޅުންހުރި

ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3ގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމިފައި!

ދެމައިން ނިޔާވި މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލައި ގއ. ވިލިނގިލީގައި މިއަދު އިހްތިޖާޖުކޮށްފި

ވިލިނގިލީގައި ދެމައިން ނިޔާވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަނީ
