logoEN
cocacola
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގއ. ވިލިނގިލި ގޮފީގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކުގެ ބައިވެރިވުމުގެ ފުރުސަތު!

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގއ. ވިލިނގިލި ގޮފީގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކުގެ ބައިވެރިވުމުގެ ފުރުސަތު!

އަހުމަދު ޝުރާއު

logo

8/21/2022, 10:31:40 PM

# ގއ ވިލިނިގިލި

villingili

ކީރިތި ޤުރްއާނެބެހޭ ޤައުމީ މަރުކަޒުގެ ގއ ވިލިނގިލި ގޮފީގެ ދެވަނަ ސެމިސްޓާގެ ކޯސްތަކުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ގޮސިޔާ

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ވިލިނގިލީ ގޮފީގައި ހަތަރު ކޯހެއް ފެށުމަށް ތައްޔާރު ވެފައިވާކަމަށެވެ. އެގޮތުން ފެށުމަށް ތައްޔާރުވެފައިވާ ކޯސްތަކަކީ :

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:

ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު: 8 ހަފްތާ

ޤިރާއަތު ސެޓްފިކެޓް 2

ޝަރުޠު:

ޤިރާއަތު ސެޓްފިކެޓް 1 ފުރިހަމަކޮށް ފާސްވެފައިވުން.

މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު: 1 ސެމިސްޓަރ

ޤިރާއަތު ސެޓްފިކެޓް 3

ޝަރުޠު:

ޤިރާއަތު ސެޓްފިކެޓް 2 ފުރިހަމަކޮށް ފާސްވެފައިވުން.

މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު: 2 ސެމިސްޓަރ

ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް

ޝަރުޠު:

ޤިރާއަތު ސެޓްފިކެޓް 3 ފުރިހަމަކޮށް ފާސްވެފައިވުން.

މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު: 2 ސެމިސްޓަރ

މި ކޮންމެ ކޯހެއްގައި ވެސް 30 ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 21 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުން ފެށިގެން އެ މަރުކަޒުންނާއި، މަރުކަޒުގެ ވިލިނގިލި ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 1 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު މަރުކަޒުގެ ވިލިނގިލީ ގޮތްޕަށް ހުށަހެޅުމާށް ވަނީ އެދިފައެވެ. ނުވަތަ [email protected] ށް މެއިލް ކުރެވޭނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ