logoEN
cocacola
ގއ ވިލިނގިލީގައިވެސް އިންޓަރނޭޝަނަލް އެއަރޕޯޓެއް

ގއ ވިލިނގިލީގައިވެސް އިންޓަރނޭޝަނަލް އެއަރޕޯޓެއް

އައިޝަތު އިފާޝާ

logo

2/21/2024, 4:56:55 PM

# ގއ ވިލިނިގިލި

ވިލިނގިލީ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢުގެ އެމްއޯޔޫގައި ސޮއިކުރުން

ގއ ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްގީކުރުމުގެ މަޝްރޫޢުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ގޮސިޔާ

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ, ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިހާރު ވިލިނގިއްޔަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށްދާ ޖަލްސާގެ ތެރެއިންނެވެ.

މި ފަހުމުނާމާގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ އަބްދުالله މުއްތަލިބެވެ.

ވިލިނގިލީ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ޓުއަރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރާއި އެން.ވީ.ބެސިކްސް އެސް. އޭ އާއި ދެމެދު މިއަދު ސޮއި ކުރެވުނު ފަހުމުނާމާއަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކުލަވާލެވޭ އެއްބަވުމުގައި ސޮއި ކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ބެލުމަށް އިކޮނޮމިކް ކައުންސިލުން ފާސްކޮށްގެން ސޮއިކޮށްފައިވާ ފަހުމުނާމާއެކެވެ.

މިމަޝްރޫޢުގައި ހިމެނުމަށް އެން. ވީ. ބެސިކްސް އެސް. އޭ އިން ހުށަހަޅާފައިވަނީ 2.2 ކިލޯމީޓަރުގެ ރަންވޭއަކާއި ޓްނާންސިޓް ހޮޓަލެއްގެ އިތުރުން އިންޓަރނޭޝަނަލް އެއަރޕޯޓެއްގައި ހިމެނޭ އެންމެގައި ވަސީލަތްތައް ތަރައްގީކުރުމަށެވެ. މީގެ އިތުރުން މަތީ ފަންތީގެ ރިސޯތްތަކާއި ހޮޓެލްތަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށްވެސް އެކުންފުނިން ހުށަހަޅާފައިވެއެވެ.

އިތުރު ތަފްސީލު އަންނަނީ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ