![ޕްރޮޖެކްޓުތައް ހިންގުމަށް ޖަމިއްޔާތަކަށް ފައިސާ ދެނީ](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2Fb_RPECW7Bx9aatQrEOKMvk3uzJ1.jpg&w=3840&q=75)
b_RPECW7Bx9aatQrEOKMvk3uzJ1
މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "އެންޖީއޯ ގްރާންޓް ޕްރޮގްރާމް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ޔޫތު މިނިސްޓްރީން އިފްތިތާހުކޮށްފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މި ޕްރޮގްރާމްގެ ދަށުން ފައިދާ ދޫކުރަނީ ދެ ކެޓެގަރީއަކަށެވެ. މިގޮތުން ޖެނެރަލް ގްރާންޓް ޕްރޮގްރާމްގެ ދަށުން 200،000 ރުފިޔާއާއި ހަމައަށް ފައިސާ ދޫކުރަން ހަމަޖެހިފައިވާއިރު ސްމޯލް ގްރާންޓް ޕްރޮގްރާމްގެ ދަށުން 50،000 ރުފިޔާއާއި ހަމައަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ މަދަނީ ޖަމިއްޔާތަކަށް ހާއްސަކޮށްގެން އެ މިނިސްޓްރީން މިދިޔަ އަހަރުވެސް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔަ ކަމަށާއި އަދި އެ ޕްރޮގްރާމްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ 16 ޖަމިއްޔާއަކުން ކަމަށެވެ. އެހެންކަމުން މިހާރު އިފްތިތާހުކޮށްފައިވާ ޕްރޮގްރާމްގައި މިއަށްވުރެ ގިނައިން މަދަނީ ޖަމިއްޔާތަކުން ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަންނަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ "އެންޖީއޯ ގްރާންޓް ޕްރޮގްރާމް"އަކީ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޕްރޮގްރާމެކެވެ.