logoEN
Sto top
މަދަނީ ޖަމްއިއްޔާތަކުގެ ގައުމީ ފޯރަމް އޮގަސްޓު މަހުގައި!

މަދަނީ ޖަމްއިއްޔާތަކުގެ ގައުމީ ފޯރަމް އޮގަސްޓު މަހުގައި!

އަހުމަދު ޝުރާއު

logo

6/30/2025, 7:44:22 AM

# ޔޫތު މިނިސްޓްރީ

--

މަދަނީ ޖަމްއިއްޔާތަކުގެ ގައުމީ ފޯރަމް މިއަހަރުގެ އޮގަސްޓު މަހުގައި ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ރަޖިސްޓަރަރ އަލީ ޝަކީލް ވިދަޅުވެއްޖެއެވެ.

Wamco

މި ފޯރަމް އާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ޝަކީލް ވިދާޅުވީ މި ފޯރަމް ބޭއްވުމަށް މަސައްކަތްކުރައްވަމުންދާ ތާރީހަކީ އޮގަސްޓު މަހުގެ 27 އިން 30 އަށް ކަމަށެވެ.

މި ފޯރަމްގައި ރާއްޖޭގެ ވީހާވެސް ގިނަ ޖަމްއިއްޔާތަކަށް ފުރުސަތު ދިނުމަށްޓަކައި މަސައްކަތް ކުރައްވަމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

"މި ފޮރަމް އަކީ ވަރަށް މުހިންމު ފޯރަމެއް، ގިނަ ޖަމްއިއްޔާތަކުން ފޯރަމްއެއްގައި ބައިވެރިވެ، ކަރުދާސްތައް ހުށަހެޅި ޖަމްއިއްޔާތައް ކުރިއަށް ދިއުމުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތަކުގެ ހައްލު ހޯދުމަށްޓަކައި ސައުކާރުގެ އެކިއެކި އިދާރާތަކުގެ ކަމާ ބެހޭ ބޭފުޅުންނާއެކު އިށީންދެ ހައްލުތަކެއް ލިބިގެންދާނެ ފޯރަމެއް" ޝަކީލް ވިދާޅުވިއެވެ.

މިއީ މަދަނީ ޖަމްއިއްޔާތަކުގެ ގައިމީ ފޯރަމްއެއް ބާއްވާ ދެވަނަ ފަހަރު ކަން ޝަކީލު ފާހަގަކުރެއްވިއެވެ.

"ޖަމްއިއްޔާތަކުގެ ރަޖިސްޓްރާއަށް ފެންނަން ހުރި ޖަމްއިއްޔާތަކުގެ ލިޔެކިޔުންތަކަށް ބުރަވާއިރު މިއީ ރާއްޖޭގައި ބޭއްވޭ މިފަދަ ދެވަނަ ފޯރަމް" ޝަކީލް ވިދާޅުވިއެވެ.

ޝަކީލު އިތުރަށް ވިދާޅުވީ، މިފަދަ ފޯރަމްއެއްގެ ތެރެއިން ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކެއް އެއްތަނަކަށް އެއްވެ އެޖަމްއިއްޔާތަކުގެ ހުރި ތަފާތު ތަޖުރިބާތައް ހިއްސާކޮށް، އެއް ޖަމްއިއްޔާ އަނެއް ޖަމްއިއްޔާއާއެކު ގުޅިގެން ދެވޭނެ މާހައުލެއް ގާއިމްވެގެންދާނެ ކަމަށެވެ.

މި ފޯރަމްގައި ބައިވެރިވާން ހަމައެކަނި ޝަރުތަކީ ގާނޫނުގައި ބުނާ އެކްޓިވް ޖަމްއިއްޔާއަކަށް އެޖަމްއިއްޔާވުން ކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ.

މި ފޯރަމްގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މަދަނީ ޖަމްއިއްޔާތައް މި ފޯރަމް އޮންނަ ސަރަހައްދަކަށް ގެނެސް މިފޯރަމްގައި ބައިވެރިކުރުން ކަމަށް ޝަކީލް ވިދާޅުވިއެވެ.

މަދަނީ ޖަމްއިއްޔާތަކުގެ ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ވަރަށް މުހިންމު އެއް ވައުދެއް ކަން ޝަކީލް ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside