logoEN
Sto top
65 ޒުވާނުންނާއި އެކު “ޔޫތު ކޭމްޕު” ކުރިޔަށް ގެންގޮސްފި

65 ޒުވާނުންނާއި އެކު “ޔޫތު ކޭމްޕު” ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

6/1/2025, 3:44:52 PM

# ޔޫތު މިނިސްޓްރީ

-

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާ ޔޫތު ކޭމްޕު އިއްޔެ ކުރިޔަށް ގެންގޮސްފި އެވެ.

Wamco

އެއް ދުވަހަށް ކުރިޔަށް ގެންދިޔަ މިއަހަރުގެ ޔޫތު ކޭމްޕު ކުރިޔަށް ގެންގޮސްފައިވަނީ ކުޑަގިރީގައި އެވެ. ޔޫތު މިނިސްޓްރީން ބުނީ މިއަހަރުގެ ކޭމްޕުގައި ޖުމްލަ 65 ޒުވާނުން ބައިވެރިވެފައިވާ ކަމަށެވެ.

މިއަހަރުގެ ޔޫތު ކޭމްޕުގައިވެސް ޓީމްބިލްޑިންގއާއި ލީޑަރޝިޕްގެ އިތުރުން ސެލްފް ޑިފެންސްގެ އިވެންޓްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި އިތުރު ގިނަ ހަރަކާތްތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ. މި ކޭމްޕު ނިންމާލަމުން ވަނި ބައިވެރީނަނަށް ސެޓްފިކެޓު ދީފައެވެ.

ޔޫތު ކޭމްޕަކީ، 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ކޭމްޕެކެވެ.

މިދިޔަ އަހަރު ވެސް ޔޫތު މިނިސްޓްރީން ވަނީ ޔޫތު ކޭމްޕް ބާއްވާފައެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ. ޔޫތު މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside