
Majilis
ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މިޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލެވެ.
އެގޮތުން ދައުރުން ބޭރުގައި ބާއްވާ މިޖަލްސާ އެޖެންޑާކޮށްފައިވަނީ މިރޭ 8:30 އަށެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން އެ އިންތިހާބު ވަނީ މިއަހަރަށް ފަސްކޮށްފަ އެވެ.
ގުޅުންހުރި
ވޯޓުލުމުގެ ވަގުތު 5 ޖަހާއިރަށް އިތުރުކޮށްފި

ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓަރސް ލިސްޓުގައި ސޮއިކުރުމަށް އެއް ދުވަސް އިތުރުކޮށްފި
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ކުރިޔަށްދަނީ




