logoEN
cocacola
ޗެލްސީ ދޫކޮށް ވާނާ އެނބުރި ލެއިޕްޒިގްއަށް

ޗެލްސީ ދޫކޮށް ވާނާ އެނބުރި ލެއިޕްޒިގްއަށް

އަހުމަދު މާހު

logo

8/8/2022, 9:30:05 PM

# ކުޅިވަރު

timo

ޗެލްސީ އަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ އެނބުރި އާރުބީ ލެއިޕްޒިގް އަށް ބަދަލުވާން ނިންމައިފި އެވެ.

ގޮސިޔާ

ޕީއެސްޖީގެ ކުރީގެ މެނޭޖަރު ޓުޗެލް ޗެލްސީ އާ ހަވާލުވި ފަހުން އުމުރުން 26 އަހަރުގެ ވާނާ އަށް ގޭމްޓައިމް ނުލިބުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައި އެވެ. އަދި ހަމައެހެންމެ ރަހީމް ސްޓާލިން ޗެލްސީއަށް ސޮއި ކުރުމަކީ ސްކޮޑުން ޖާގަ ހޯދުމަށް އިތުރު އުނދަގޫތަކެއް އޭނާ އަށް ކުރިމަތިކުރުވާނެ ކަމަކަށް ވާނެ އެވެ.

ހަފްތާ ބަންދުގައި އެވަޓަންއާ އެކު ކުޅުނު ސީޒަނުގެ ފުރަތަމަ މެޗު ވާނާއަށް ގެއްލުނު އިރު، އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ވަނީ ވާނޯ ލެއިޕްޒިގްއަށް ގެންދިޔުމަށް ޗެލްސީ އާއި އާރްބީ ލައިޕްޒިގް އާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ކަށަވަރު ކޮށްދީފައެވެ.

ވާނާ އަކީ މި ޓްރާންސްފާގައި ސްޓެމްފޯޑް ބްރިޖް ދޫކޮށް ދިޔަ ދެވަނަ ހައި ޕްރޮފައިލް ފޯވާޑެވެ. ވާނާ ވަނީ ނިމިދިޔަ ޕްރިމިއާ ލީގު ސީޒަންގައި 4 ގޯލު ޖަހާފައެވެ. އަދި އޭގެ އިތުރުން އޭނާވަނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ލަނޑެއް ޖަހައި، އެސިސްޓެއް ހަދާފަ އެވެ.

ޗެލްސީއަށް ސޮއިކުރުމުގެ ކުރިން ވާނާ ވަނީ ޖަރުމަނުގެ ބުންޑެސް ލީީގުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ އާރްބީ ލެއިޕްޒިގްއަށް ކުޅުނު ހަތަރު އަހަރު ތެރޭ 90 ލަނޑު ޖަހައި، 40 އެސިސްޓް ހަދާފަ އެވެ. ބުންޑަސްލީގާއަށް ކުޅުނު ފަހު ސީޒަނުގައިވެސް އޭނާ ވަނީ 34 މެޗުގައި 28 ލަނޑު ކާމިޔާބުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ