logoEN
cocacola
ބްރައިޓަންގެ ޑިފެންޑަރ ކުކުރެލާ ޗެލްސީއަށް

ބްރައިޓަންގެ ޑިފެންޑަރ ކުކުރެލާ ޗެލްސީއަށް

އަހުމަދު މާހު

logo

8/5/2022, 5:16:09 PM

# ކުޅިވަރު

creatividad-del-fichaje-de-cucurella-por-el-chelsea-en-2022--besoccer

ބްރައިޓަންގެ ޒުވާން ޑިފެންޑަރ މާކް ކުކުރެލާ ޗެލްސީއަށް ސޮއިކޮށްފިއެވެ.

ގޮސިޔާ

އުމުރުން 24 އަހަރުގެ ކުކުރެލާ އަކީ ގެޓާފޭ އިން އައި ފަހުން ބްރައިޓަންގެ ސްޓާ މޭން އެއްގެ ގޮތުގައި ފާހަގަކުރެވެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާގެ ފުރަތަމަ ސީޒަނުގައިވެސް އޭނާ ވަނީ އެ ކްލަބުގެ ޕްލޭޔަރ އޮފް ދަ ސީޒަން އެވޯޑް ހޯދާފައެވެ.

ކުކުރެލާ މަސައްކަތްކުރާނީ ޗެލްސީގެ ވާތް ފަރާތު ފަޅިން ޖާގަ ހޯދުމަށެވެ. އެތަނަށް މިހާރު ކުޅެމުން އަންނަނީ ބެން ޗިލްވެލް އެވެ. އޭގެ އިތުރުން ޗެލްސީގެ ޑިފެންޑަރު މާކޮސް އަލޮންސޯ ބާސެލޯނާއަށް ބަދަލުވާން އުޅޭކަމުގެ ހަބަރުތައް މިހާރުވަނީ ފެތުރެން ފަށާފައެވެ.

https://www.youtube.com/watch?v=p_dSJ-R477U

މި ޓްރާންސްފާގައި ރަހީމް ސްޓާލިން އާއި ކަލިދޯ ކޫލިބަލީ ޗެލްސީއާ ގުޅިފައިވާއިރު، އެންޓޯނިއޯ ރުޑިގަރ އާއި އެންޑްރިއާސް ކްރިސްޓެންސެން ހިލޭޓްރާންސްފާއެއްގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ވަނީ ފޮނުވާލާފައެވެ. ރޮމެލޫ ލުކާކޫ ވަނީ ލޯނު އުސޫލުން އިންޓަ މިލާނަށް އަނބުރާ ފޮނުވާލައިފަ އެވެ.

ޕްރެމިއާލީގުގެ 2022/23ގެ ސީޒަން މިރޭ ފަށާ އިރު، ޗެލްސީ ފުރަތަމަ މެޗުގައި ބައްދަލު ކުރަން ޖެހެނީ ކުރީގެ ކޯޗް ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެވަޓަން އާއިއެވެ. އެގޮތުން މި މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ