logoEN
cocacola
ގައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން މި ވެރިކަމުގައި އެބަފެނޭ - ޖަމީލް

ގައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން މި ވެރިކަމުގައި އެބަފެނޭ - ޖަމީލް

އައިޝަތު އިފާޝާ

logo

7/26/2022, 11:27:05 AM

# ޑރ. މުހައްމަދު ޖަމީލް އަހުމަދު

Dr.Jameel Vp

ގައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުމެއް މިވެރިކަމުގައި ފެނިގެންދާނެ ކަމަށާއި ވަކި ގައުމެއް ރުއްސަން ސިޔާދަތުވެސް ގުރުބާން ކުރަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އިންޑިއާއާއި ދިވެހި ސަރުކާރާއި އޮންނަ ގުޅުމަށް ފާޑުކިޔައި ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަކި ގައުމެއްގެ މައްޗަށް ގާނޫނެއް ނުހިނގާ ކަމަށާއި، އެގައުމެއްގެ ބަޔަކު ރާއްޖޭގައި ކިތަންމެ ކުށެއް ކުރިޔަސް އެގައުމަކަށްވީތީ ފިޔަވަޅެއް ނޭޅޭ ކަމަށެވެ. އަދި އެމީހުންގެ އެންގުމަށް އަމިއްލަ ރައްޔިތުންނަށް އަނިޔާދެމުންދާ ކަމަށްވެސް ޖަމީލްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ދުނިޔޭގައި ފާހަގަކުރާ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތް ނުބޭއްވުމަށް އެތަކެއް ދިވެހިންނަކާއި ދީނީ އިލްމުވެރިން ބުނަމުންދަނިކޮށް އެހަރަކާތް ބޭއްވުމުން އެކަން ހުއްޓުވުމަށް ގިނަ ބަޔަކު ވަނީ އެސަރަހައްދަށް ގޮސް އަޑުއުފުލާފައެވެ.

View post on Twitter

އަދި އެދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ދީނީ އިލްމުވެރިންގެ އިތުރުން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށް ޖަލަށްލާފައެވެ.

ޖަމީލް ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ދިވެހިން އަމިއްލަ ގައުމުގައި ބިކަވެއްޖެ ކަމަށާއި، ދިވެހި ބިމުގައި ގޮތް ނިންމަނީ ބޭރު ބައެއް ކަމަށެވެ. އަދި މިގައުމުގެ ކަންތައް ހިނގަންވާގޮތް ދިވެހިންނަކަށް ނޭނގޭ ކަމަށާއި، ގާނޫނުތައް ބަދަލުކޮށްގެން ސިޔާސަތުތަކަށް ބޯލަނބަން މިސަރުކާރުން މަޖުބޫރު ކުރުވަމުންގެންދާ ކަމަށެވެ.

"އިސްތިއުމާރީންގެ ހުރިހާ ސިފަތަކެއް އެބަފެނޭ. ވެރިޔަކު މިނިވަން ގައުމެއްގެ ސިޔާދަތަށާއި، މިނިވަންކަމަށް ޣައްދާރުވުމަށް ވުރެ ވަކިން ބޮޑު ކުށެއް އޮންނާނެތޯ؟ ރ. އިބޫއަކީ ބޭރު ބައެއްގެ ގޮޑިކޮއްކޮއެއް. ލޯމަރައިގެން ތިބެން ހެޔޮނުވާނެ. - ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މިނިވަންދުވަހާއި ގުޅުވައިގެން ޖަމީލް ކުރެއްވި ޓުވީޓުގައި މި ސަރުކާރަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، އިންޑިއާ ސިފައިން ރާއްޖޭގައި ދެމިތިބުމާއި ދެކޮޅަށް ގިނަ ބަޔަކު ގެންދަނީ އަޑުއުފުލަމުންނެވެ. އަދި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމް އިސްވެ ހިންގަމުންގެންދާ "އިންޑިއާ އައުޓް" ހަރަކާތްތައް ހުއްޓުވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަންވެސް ފާހަގަކުރެވެއެވެ.

އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރާއި ދެކޮޅަށް ގިނަ ބަޔަކު ގެންދަނީ އަޑުއުފުލަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ.

އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާތީ ނެރުއްވި ގަރާރެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ