logoEN
cocacola
ޖޫންގެ ނިޔަލަށް 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި

ޖޫންގެ ނިޔަލަށް 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި

އަލްފާ އަލީ

logo

7/25/2022, 8:57:47 AM

# ކަސްޓަމްސް# އިމްޕޯޓް އެކްސްޕޯޓް

FE2lRBBUYAAgMYp

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 5.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ގޮސިޔާ

ކަސްޓަމްސް އިން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަސް ނިމުނުއިރު 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

މިދިޔަ ޖޫން މަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 44 އިންސައްތަ އިތުރުވެފަ އެވެ. ކަސްޓަމްސް މެދުވެރިކޮށް މިދިޔަ އަހަރުގެ ޖޫން މަހު 274 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖޫން މަހު 394 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ ޖޫން މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫއޭއީ އަދި މެލޭޝިއާ އެވެ. އެގޮތުން އޮމާން އިން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން އެތެރެކޮށްފައިވަނީ 636 މިލިއަން ރުފިޔާގެ މުދަލެވެ. ޗައިނާއިން 558 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އިތު ޔޫއޭއީ އިން 435 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މެލޭޝިއާއިން އެތެރެކޮށްފައިވަނީ 428 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިިޔަ ޖޫން މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑާއި، ޖަރުމަނާއި، އިނގިރޭސިވިލާތާއި، އިންޑިއާގެ އިތުރުން ފްރާންސަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ