logoEN
cocacola
މިދިޔަ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި

މިދިޔަ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި

އަލްފާ އަލީ

logo

4/25/2024, 8:13:28 AM

# އިމްޕޯޓް އެކްސްޕޯޓް

--

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ގޮސިޔާ

ކަސްޓަމްސް އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓްކުރި މުދާ މިދިޔަ އަހަރުގެ މާޗްމަހަށްވުރެ ވަނީ 4 ޕަސެންޓް އިތުރުވެފައެވެ. ނަމަވެސް އެކްސްޕޯޓު ކުރި މުދަލުގެ އަގު މިދިޔަ އަހަރަށް ވުރެ 64 ޕަސެންޓު ވަނީ ދަށްވެފައެވެ.

އިމްޕޯޓު ކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގީ ތެލަށެވެ. އެގޮތުން މާޗް މަހުގެ ތެރޭގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތެޔޮ ރާއްޖެ އެތެރެކޮށްފައިވެ އެވެ.

ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނަ މުދާ އެތެރެކުރީ އޮމާންއިންނެވެ. 777 މިލިއަން ރުފިޔާގެ މުދާ އޮމާން އިން ވަނީ އެތެރެކޮށްފައެވެ. މީގެ ތެރޭގައި ދެން ހިމެނެނީ އިންޑިއާ (763 މިލިއަން ރުފިޔާ)، ޔޫއޭއީ (617 މިލިއަން ރުފިޔާ)، ޗައިނާ (440 މިލިއަން ރުފިޔާ) އަދި ސިންގަޕޫރު (401 މިލިއަން ރުފިޔާ) އެވެ.

މިދިޔަ މަހު ވެސް ރާއްޖޭން އެންމެ ގިނައިން ބޭރުކުރީ މަހުގެ ބާވަތްތަކެވެ. އަދި އެންމެ ގިނައިން މަސްބ ބޭރުކުރީ ތައިލޭންޑެވެ. އެ ގައުމަށް 41 މިލިއަން ރުފިޔާގެ މަސް ބޭރުކުރި އެވެ. މީގެ ތެރޭގައި ދެން ހިމެނެނީ އިނގިރޭސިވިލާތް (27 މިލިއަން ރުފިޔާ) ޖަރުމަން (12 މިލިއަން ރުފިޔާ)، އިންޑިއާ (7 މިލިއަން ރުފިޔާ) އަދި ފްރާންސް (6 މިލިއަން ރުފިޔާ) އެވެ.

މިދިޔަ މަހު ކަސްޓަމްސްއިން ޑިއުޓީގެ ގޮތުގައި 320 މިލިއަން ރުފިޔާ އަދި ރޯޔަލްޓީގެ ގޮތުގައި 19 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ