logoEN
cocacola
ދިވެހިން ކްރެޑިޓަށް ތަކެތި ނަގާ އަދަދު 20 އިންސައްތަ އިތުރު - އެމްއެމްއޭ

ދިވެހިން ކްރެޑިޓަށް ތަކެތި ނަގާ އަދަދު 20 އިންސައްތަ އިތުރު - އެމްއެމްއޭ

އައިޝަތު އިފާޝާ

logo

7/23/2022, 12:49:34 PM

# އެމްއެމްއޭ

big_hGAa8QB0v6wWV40XZwakp20qg

ދިވެހިން ކްރެޑިޓަށް މުދަލާއި އެނޫންވެސް ތަކެތި ނަގާ ވަރު 20 އިންސައްތަ އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ބުނެފި އެވެ.

ގޮސިޔާ

އެމްއެމްއޭ އިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެންމެ ބޮޑަށް އިތުރުވީ ޕާސަނަލް ލޯނާއި ކްރެޑިޓް ކާޑު ނެގި އަދަދެވެ. އަދި އެ ލޯނުތަކުން ގިނައީ ރީޓެއިލް ވިޔަފާރިތަކުން ނަގާފައިވާ މުދަލުގެ އަދަދު ކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ފުރަތަމަ ކުއާޓަރުގެ މުއްދަތުގައި ކޮންސްޓްރަކްޝަން ދާއިރާ އިން ނެގި ލޯނުގެ އަދަދުު ވަނީ އެއް ޕަސެންޓް އިތުރުވެފަ އެވެ.

އެރިޕޯޓުން ދައްކާގޮތުގައި، ފުރަތަމަ ކުއާޓަރުގައި ލޯނާއި ކްރެޑިޓް ފެސިލިޓީިތައް މެދުވެރިކޮށް ބޭންކްތަކުން ފައިސާ ނެގި ވަރު ވެސް ވަނީ 28 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އޭގެ ތެރެއިން 38 އިންސައްތަ އިތުރުވީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އޭގެ ތެރޭގައި އާ ރިސޯޓު ހެދުމަށާއި ރިސޯޓުތަކުގެ މަރާމާތަށް ނަގާ ލޯނުތައް ހިމެނެ އެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމަށް ނަގާ ލޯނުތައްވެސް ވަނީ އިތުރުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ